މިލައުތުރު

ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ރަނގަޅު އަންހެނުން ތިބޭނެ!

ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ޤާބިލްކަމާ މެދު ސުވާލު އުފައްދާ ބަހުސްކުރަނިކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ރަން ވަނަތަކެއް ލިބި މިނިސްޓަރ ފައިސަލްގެ ނަން މެދުއުޑުގައި ފިޔަޖަހަން ފަށައިިފިއެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި އެރެބިއަން ޓްރެވަލް މާކެޓް 2024 ގައި އިންޑިއަން އޯޝަން ކެޓިގަރީން ހަތަރު އިނާމް ޙާޞިލްކޮށް އަނެއްކާގެ ދުނިޔޭގެ އެއްވަނައިގާ ރާއްޖޭގެ ނަން ވިދާލައިފިއެވެ.

އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން 2024 އާއި، އިންޑިއަން އޯޝަން ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024 އާއި، އިންޑިއަން އޯޝަން ލީޑިންގ ގްރީން ޑެސްޓިނޭޝަން 2024 އާއި، އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024 ވަނީ ދިވެހިރާއްޖެ އިން ޙާޞިލްކޮށްފައެވެ.

އިނާމްދިނުމުގެ ޙަފުލާގައި މިހުރިހާ އެވޯޑްތަކަކާ ވެސް ޙަވާލުވެލެއްވީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލްއެވެ.

© 2023 milauthuru. All rights reserved.