މިލައުތުރު

ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް އާއި ބައްދަލުކުރައްވައިފި.

ށ. ފޯކައިދޫ ކައުންސިލުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލްފާޟިލް ތާރިޤް އިބްރާހީމް އާއި ބައްދަލުކުރައްވައިފިއެވެ.

ކައުންސިލްގެ ރައީސް އަޙްމަދު އާސިފް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ރަށުގައި ފެންބޮޑުވާ މައްސަލަ ޙައްލު ކުރުމާ ބެހޭގޮތުންނާއި، ރަށްގިރާ މައްސަލަ ޙައްލެއް ހޯދުމާ ބެހޭގޮތުންނާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނޭ ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން އެވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދު ﷲ އުބައިދު ބައިވެރިވެލައްވާފައި ވެއެވެ.

© 2023 milauthuru. All rights reserved.