އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގައި އައިލޭންޑް ކޯޑިނޭޓަރެއްގެ މަޤާމުގައި ހުރި މުވައްޒަފަކު ވަކިކުރުމުން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކުށަހެޅި މައްސަލަ އެ ކުންފުންޏަށް ކާމިޔާބު ވެއްޖެއެވެ.
އެގްރޯނެޓާ ދެކޮޅަށް މައްސަލަ ހުށަހެޅީ ކ. ކާށިދޫ ފެމޯރާގެ، އިބްރާހީމް ޝާކިރު ނަމަކަށް ކިޔާ މީހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ކާށިދޫގައި ހުރެގެން އެ ސަރުކާރުގެ ދަނޑުވެރި ކުންފުނީގެ އައިލޭންޑް ކޯޑިނޭޓަރެއްގެ މަޤާމު އަދާކުރި މީހެކެވެ. ޝާކިރުގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ޖުމްލަ 5 އަޑުއެހުމެއް ބާއްވާފައި ވެއެވެ. މައްސަލައިގާ ދެ ކޮޅުން ހުށަހެޅި ހެކިތަކާއި، ދެއްކި ވާހަކަތަކަށް ބެލުމަށް ފަހު، 10 ޖުލައި 2025 ގައި ކުރި ޙުކުމްގައި ވާގޮތުން މައްސަލަ ކާމިޔާބުވީ އެގްރޯނެޓަށެވެ.
މައްސަލައިގެ ނިންމުމުގައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުންނާ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ބެލިއިރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދަ އަމުރެއްް އެގްރޯނެޓްގެ މައްޗަށް ކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމިކަމަށެވެ.
ޝާކިރުގެ ފަރާތުން އެދުނީ އޭނާ އަދާކުރި މަޤާމަށް އެހެން މީހަކު ނެރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މި މައްސަލަ އެގްރޯނެޓަށް ކާމިޔާބުވުމުން އެކަން ފާހަގަކުރުމުގެ ގޮތުން އިތުރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މަޢުލޫމާތެއް ވަނީ ލިބިފައެވެ.
އެގްރޯނެޓަކީ ކުރީ ސަރުކާރުން ދަނޑުވެރިކަން ތަރައްޤީ ކުުރުމުގެ މަޤުޞަދުގައި އުފެއްދެވި ކުންފުންޏެކެވެ. އަދި މި ސަރުކާރު އައިސް އުވާލަން ނިންމެވުމަށް ފަހު، އެ ނިންމެވުން އަލުން ބަދަލުކޮށް، ކުންފުނި ކުރިއަށް ގެންދާން ވަނީ ނިންމަވާފައެވެ. ގާތްގަނޑަކަށް 100 އެއްހާ މުވައްޒަފުން ތިބޭ ކުންފުނީގައި މިހާރު ދަނޑުވެރިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ކުންފުނީގެ ކުރިމަގު ސާފުވާ އެއްވެސް ފަރާތެއް ވެސް ނެތެވެ. އަދި ކުރިން ރަށްރަށުގައި ބިނާކޮށްފައިވާ ތަންތަން މިހާރު ވަނީ ވީރާނާވެ ގޮސްފައެވެ. މި ހުރިހާ ގެއްލުމެއް ތަހައްމަލުކުރަން ޖެހިފައިއޮތީ ރާއްޖޭގެ ދަނޑުވެރިންނަށެވެ.
5 Replies to “އެގްރޯނެޓަށް ބޮޑު ކާމިޔާބެއް، މުވައްޒަފުންނަށް ހާސްކަމެއް.”
އަބްދޯ
ތިޔައީ މިހާރުން މިހާރަށް އުވާލަންޖެހޭ ތަނެއް، މުސްކުޅި ބަޅެއް މުޅިތަން ބަނޑުދަށުލައިގެން އެއްވެސް ކަމެއް ނުކޮަށް މުސާރަކާތަނެއް
ފިނޭ ކަތީބު
ތީ ބަލާއެއް ކަހަލަ ތަނެއް ފޯނެއް ނުނަގާނެ ސިޓީއަކަށް ޖަވާބެއް ނުދޭނެ ސަރުކާރު ބަދުނާމުކުރަން އެމްޑީޕީ ބަޔަކު ޖަހާ ބޮޑު ސަކަރާތެއް
ލ އިސްދޫ
އުވާލާ ބޭކާރު ތަނެއް….
Mi Meeha
Beykaaru than than uvaalanvee tax faisaa israafunukoh
Balaaverikan
Hama mihaarun mihaarah uvaalanvee