މިލައުތުރު

ޣައްޒާގައި ކުޑަކުދިން ޝަހީދުކޮށް މަލާމާތުގެ ޓިކްޓޮކް ކުޅޭ އިޒްރޭލްގެ އަންހެން 7 ސިފައިން މަރާލައިފި.

ޣައްޒާގެ އެތަކެއް ކުޑަކުދިންނާ އަންހެނުން ޝަހީދުކުރުމަށް ފަހު ޓިކްޓޮކް ކުޅެ ބަލާމާތްކުރި އިޒްރޭލް އަންހެން ސިފައިންތަކެއް ނައްތާލައިފިއެވެ. މުޖާހިދުން އިއްޔެގައި އުތުރު ޣައްޒާގައި މުޖާހިދުން ދިން ޙަމަލާގައި މި 7 އަނިޔާވެރިން ވަނީ ޖަހަންނަމައަށް ފޮނުވާލާފައެވެ.

އެންމެ އަގު ބޮޑު އެންމެ ޒަމާނީ ކަމަށް ބުނާ އަދި 10 މިލިއަން ޑޮލަރުގެ އަގުބޮޑު މެރުކާވާ ޓޭންކްގައި ތިއްބާ މުޖާހިދުން ފޮނުވާލި އެންމެ 200 ޑޮލަރަށް ވުރެ އަގުހެޔޮ ޔާސީން ރޮކެޓު އަރާ ކުދިކުނޑި ވެގެންދިޔައީ އެވެ. އެމީހުންގެ ހަށިތައް ވެސް ޖަމާނުކުރެވޭ ވަރަށެވެ. މިއީ ރަފާގައި ހިންގި އެންމެން ނައްތާލުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ހަތިޔާރު އެޅި ޔުނިޓެއްގެ އަންހެން 7 ސިފައިން ދަތުރުކުރަމުން ދިޔަ ޓޭންކް ގޮއްވާލައި އެ އެންމެން ވެސް ވަނީ މަރާލާފައެވެ.

މިހާ ފަސޭހައިން މެރްކާވާ ޓޭންކްތައް ފުނޑުފުނޑު ކޮށްލާތީ، އިޒުރޭލްގެ އަތުން މެރުކާވާ ޓޭންކުތައް ގަންނަން ރާވާފައިވާ ގައުމުތަކުން އޯޑަރުތައް ކެންސަލް ކުރަން ވަނީ ފަށާފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟