ދެން އިންޑިއާ އައުޓްއޭ ނުގޮވާ ގުޅުން ދަމަހައްޓާނަން – ޚާރިޖީ ވަޒީރު

މިލައުތުރު | 9 މޭ 2024 | ޚަބަރު

ދިވެހި ޚާރިޖީ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޖައިޝަންކަރާއި ބައްދަލުކުރައްވާ ރަސްމީ މަޝްވަރާ ތަކެއް ކުރައްވާފައި ވެއެވެ.

Advertisement

މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ޢުމްރާނީ ތަރައްޤީ އާއި މީހުން ބިނާކުރުން ފަދަ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކޮށް ތަރައްޤީކުރުމާއި ގުޅޭ ގޮތުންނެވެ.

ޚާރިޖީ ވަޒީރު ޒަމީރު އެކްސްގައި ވިދާޅުވެފައި ވަނީ ޑރ. އެސް ޖައިޝަންކަރާ ބައްދަލުވެވަޑައިގަތުމުން އުފާކުރައްވާކަމަށެވެ. އަދި އިންޑިޔާގެ ވެރިރަށް، ނިއުދިއްލީގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވާ އެގުޅުމުގެ ތެރެއިން ކުރެވެމުން އަންނަ މަސައްކަތްތައް އިތުރުކުރުމާއި މެދުވެސް މަޝްވަރާތައް ކުރެއްވިކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.