ޑޮލަރުގެ އަގު ތިރިކުރުމުގެ މަޤުޞަދުގައި ސަރުކާރުން ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސަތުތަކާއެކު ވެސް ޑޮލަރުގެ އަގު 20 ރުފިޔާ ފަހަނައަޅާ ގޮސްފިއެވެ.
ސަރުކާރުގެ ޒިންމާދާރު ފަރާތްތަކުން ވިދާޅުވާގޮތުގައި ރިސޯޓްތަކުން ބޭންކަށް މާރުކުރާ ޑޮލަރުގެ އަދަދު 40 މިލިޔަނަށް ވުރެ މައްޗަށް އަރައެވެ. އެހެން ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރިއެއް ނުވެއެވެ. ދެކެވޭ ވާހަކަތަކާ ޙަޤީޤަތުގައި ކަން ހިނގާ ގޮތާ އުޑާ ބިމާހާ ތަފާތެވެެ.
ރައީސް ޑރ. މުޢިއްޒު ވެސް ވިދާޅުވަނީ “ ޑޮލަރުގެ އަގު ދެނެއް ނާރާނެ މައްޗަކަށް، ނާރާނެ“ މިހެންނެވެ. އެކަމަކު ހަމަ އަރަނީ މައްޗަށެވެ. މިވާގޮތެއް ނޭނގިފައި ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ. ޙަޤީޤަތަކީ ކަމާގުޅޭ ޤާނޫނުތަކަށް ބަދަލު ގެނައި ފަހުންވެސް 19.50 އަށް ވުރެ ހެޔޮ އަގެއްގައި ޑޮލަރެއް ގަންނާން ލިބުނު މީހަކު ނެތެވެ.
މިހާރު އަނެއްކާ ޑޮލަރުގެ އަގު މާބޮޑަށް އުފުލި، ވިހި ރުފިޔާ ފަހަނައަޅާ ގޮސްފިއެވެ. އެހެންކަމުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކުން އަދި މައްސަލަ ޙައްލުވާތަނެއް ނުފެނެއެވެ.