މިލައުތުރު

މިލަންދޫގައި މަސައްކަތްކުރާ ފުލުހުން ނުހަނު ރޭވުންތެރިކަމާއެކު ހިންގާލިކަމަށް ތުހުމަތު ކުރެވޭ ބޮޑު ވައްކަން.

ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މީހުން އެމީހުންގެ އަމިއްލަ އެކައުންޓަށް ނާޖާއިޒު ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ޕީއެސްޑީން ބަލަން ފަށައިފި އެވެ.

މިލަންދޫގައި މަސައްކަތްކުރާ ފުލުހުންނަށް ކެއުން ތައްޔާރުކުރުމަށް ކޮންޓްރެކްޓް އުޞޫލުން ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. އެ ފަރާތުގެ ޒިންމާއަކީ ފުލުހުންނަށް އެއްބަސްވެފައިވާ އުޞޫލުން ކެއުން ތައްޔާރުކޮށް އެ ޚިދުމަތް ދިނުމެވެ. އެހެން ނަމަވެސް ޕޮލިސް ސްޓޭޝަނުން އޭގެ ބޭރުން ނާޖާއިޒު ފައިދާ ނެގުމަށްޓަކައި، ކެއުމުގެ ބަދަލުގައި ވެންޑަރ އަތުން ފައިސާ ނަގާ އެކައުންޓަށް އަޅަމުންދިޔަކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން މިއީ އެއްބަސްވުމާ ވެސް ޚިލާފަަށް، ޤާނޫނުތަކާ ވެސް ޚިލާފަށް ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށް ބައެއް މީހުން ބުނެއެވެ. އަދި މިކަން ކުރަމުން ގެންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެއެވެ.

ކެއުން ތައްޔާރުކޮށްދިނުމުގެ ޚިދުމަތާ ޙަވާލުވި ފަރާތުން ކެއްކުމުގެ ބަދަލުގައި ކޮންމެ ފުލުހަކަށް ވެސް މަހަކު ނަގުދު ފައިސާގެ ގޮތުގައި ބޮޑު އަދަދެއް ދެމުންގެންދިޔަ ކަމަށް ތުހުމަތު ކުރެވެއެވެ. އެއީ އެ ފަރާތަށް ވެސް އެއްވެސް މަސައްކަތެއް ނުކޮށް ހަމަ އެކަނި ބިލެއް ތައްޔާރުކޮށްލައިގެން ނިންމާލެވޭތީ ކަމަށް ވެއެވެ. އެހެންކަމުން މިއީ ދެ ފަރާތް ގުޅިގެން ހިންގާފައި އޮތް ބޮޑު ޚިޔާނާތެއް ކަމަށް ތުހުމަތު ކުރެވެއެވެ. މިކަން ފަޅާއަރުވާލީ ޕެޓީ ކޭޝްއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި އެ ސްޓޭޝަންގައި މަސައްކަތްކުރި ސިވިލް މުވައްޒަފެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެގޮތުން ފުލުހުންގެ ކެއުމުގެ ޚަރަދަށް ބަޖެޓުން 168 މިލިއަން ރުފިޔާ އަދި ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ އެވެ.

One Reply to “މިލަންދޫގައި މަސައްކަތްކުރާ ފުލުހުން ނުހަނު ރޭވުންތެރިކަމާއެކު ހިންގާލިކަމަށް ތުހުމަތު ކުރެވޭ ބޮޑު ވައްކަން.”

  1. Anonymous

    ދަރިންނޭ ކައިފަ ބަހައްޓާތި ހަތްގުމިންވަރު ވީމަ ކީތްކުރާނީ ނުކައިވެސް ނެތް ވާކައް ވެރިޔަކަތް ހުރީވެސް މުލުވަގެތް 😡

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި