ފޯކައިދޫ ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލް އިދާރާގެ ހާލަތު ރަނގަޅު ކުރުމާ ބެހޭގޮތުންނާއި ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނޭ އެމިނިސްޓްރީއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި އެވުޒާރާ މެދުވެރިކޮށް އެހެން އިދާރާތަކުގެ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.
މިބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފުގެ އިތުރުން އެވުޒާރާގެ އެހެން ބައެއް އިސްވެރިން ބައިވެރިވެފައި ވެއެވެ. އަދި ފޯކައިދޫ ކައުންސިލްގެ ފަރާތުން ރައީސް އަޙްމަދު އާސިފް އާއި ސެކްރެޓަރީ ޖެނެރަލް ޢަބްދު ﷲ އުބައިދު ބައިވެރިވިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.