މިލައުތުރު

މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް އަޑަކުން ބ. ކަމަދޫގެ ނަން ގުގުމާލައިފި.

ބޮޑު ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން ނެށުމުގެ ފަރި ހަރަކާތްތަކާއި، ބޮޑުބެރާއި، ކޯޑި ނެރުމާއި، ވެދުމާ ދިއުމުގެ ޘަޤާފީ ކުޅިވަރުތަކުގައި ފެންނަ ކަނބަލުންގެ ކުޅަދާނަކަމުން ހިތްތައް ކަމަދޫއާ ދިމާލަށް ލަންބާލައިފިއެވެ.

ޒުވާން ފިރިހެން ކުދިންގެ މިހާރު އަމާޒަކީ އަވަސް ފުރުޞަތެއްގައި ބ. ކަމަދޫއަށް ޒިޔާރަތްކުރުމެވެ. ނުވަތަ ވާން އޮތް ނަމަ ޙިޖުރަކުރުމެވެ. ފެންނަ ފެނުމަށް މިހާރު ވެސް ކަމަދޫއަށް ރަށުން ބޭރުން ގިނަ ބަޔަކު ޒިޔާރަތްކޮށްފައި ވެއެވެ.

ކަމަދޫގެ ޢީދު ކުޅިވަރުތަކުގެ ތެރޭގައި ދެޖިންސުގެ ޒުވާނުން ވެސް ހަމަ ހަމަ ގޮތެއްގައި ބައިވެރި ވެއެވެ. އެގޮތުން ހަމަ ހުރިހާ ޙަރަކާތްތަކެއްގައި ކަހަލަގޮތަކަށް އަންހެނުންގެ ބައިވެރިވުން ފާހަގަކޮށްލެވޭ މިންވަރަކަށް ފެނެއެވެ. އަދި ފަންނާ ހުނަރުގެ ގޮތުން ވެސް ކަނބަލުން އުޅެނީ މާކުރީގައެވެ.

އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޒުވާން އަންހެން ކުދިންގެ ރީތިކަމާއި އެމީހުންގެ ނެށުމުގެ ހުނަރުގެ ހުރި ފުރިހަމަ ކަމެވެ. އެމީހުންގެ ފަރިކަމުން ފިރިހެނުންގެ ނަޒަރުތައް ކަތިނުވާ ވަރެއް ނޫނެވެ. ޢީދުގައި ކަމަދޫއަށް ނުދެވުނީތީ ހިތާމަކުރާ މީހުން މިހާރު ގިނައެވެ.

3 Replies to “މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް އަޑަކުން ބ. ކަމަދޫގެ ނަން ގުގުމާލައިފި.”

  1. naalaafushibey

    mashhooruvee reethikudhinnaeku eyge fahun faadegge jeanseh laigen kureesafah verivegen ulhey dhekudhin kada e eekonthaaku baeh kameh ves neygey nashaakah ves neygey aharemen noolhen emeehun balaakah varah sorrryyy

  2. ދިވވެސް

    ވރށ ވހސ ލޔމއ.

  3. މުންތި

    ވަރަށް ފުރިހަމަ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.