މިލައުތުރު

ކުރީގެ އެމްޕީ ރާޑޯގެ 12 މިލިޔަންގެ އަގުބޮޑު ބޯޓް “ވައިނޮޓް އެކްސްޕްރެސް” ދުއްވަން ފަށައިފި.

ކޮމަންޑޫ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ)ގެ 12 މިލިޔަން ދިވެހި ރުފިޔާގެ އަގު ބޮޑު ބޯޓް ދުއްވަން ފަށައިފިއެވެ. އެބޯޓްގެ ނަމަކީ ވެސް ވައިނޮޓް އެކްސްޕްރެސް އެވެ. އަދި އެބޯޓް ދުއްވަނީ ފޯކައިދޫއިން މާލެއަށް، މާލެއިން ފޯކައިދޫއަށް މުދަލާއި ފަސިންޖަރުން އުފުލުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމްޕީ ރާޑޯ ޖަޖިލިސްއަށް އިންތިޚާބުވީ ކުރީގެ މެންބަރު މަރްޙޫމް ޙުސައިން ވަޙީދު ނިޔާވުމާއި ގުޅިގެން ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުންނެވެ. ގޮނޑި ހުސްވުމުން އެގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް ބޭއްވުނު ބައި އިލެކްޝަންގައި ވާދަކޮށް، ދަޢުލަތުން 580 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިންތިޚާބު ކާމިޔާބު ވުމުން އެގޮނޑި މަޝްހޫރުވެފައި ވަނީ ރަންގޮނޑީގެ ގޮތުގައެވެ.

އެމްޑީ ރާޑޯ މަޖިލިސް މެންބަރެއްގެ ގޮތުގައި ހޭދަކުރެއްވީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހެވެ. އަދި މިއަހަރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިޚްތިޔާރުކުރެއްވީ މުދާ އުފުލާ ބޯޓެއް މުޅިން އަލަށް ބަންނަވައިގެން ވިޔަފާރިއަށް ނިކުންނެވުމަށެވެ.

ރާޑޯގެ ހިތްވަރާ ކާމިޔާބަށް ށ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ތަޢުރީފުކޮށް މިސާލެއްގެ ގޮތުގައި ބަލައިގެންފައި ވެއެވެ. އަނެއް ބަޔަކު ބުނާގޮތުގައި މިއީ ނުޙައްޤުން މުއްސަނދިކަން ހޯދުންކަމަށާއި، މިކަން ކަން ވެސް ތަޙްޤީޤު ކުރެވެން ޖެހޭނެކަމަށެވެ. އެހެނީ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި އެފަދަ މާލީ ތަނަވަސްކަމެއް ލިބޭނެ މިންވަރަށް ފައިސާ ނުލިބޭނެތީއެވެ.

© 2023 milauthuru. All rights reserved.