މިލައުތުރު

ދިވެހިރާއްޖެ ބަނގުރޫޓު ވާނީ ބަޔަކު ގަސްދުގައި ބަނގުރޫޓު ކޮށްލިއްޔާ!

ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުންތައް އުފެދި ޤައުމު ބަނގުރޫޓް ވަނީ ކަމުގައި ބައެއް މީހުން ސިފަކުރަން ފަށައިފިއެވެ. ދިވެހިރާއްޖެ އަކީ އިޤްތިޞާދީ ވަޞީލަތްތައް ނިސްބަތުން މަދު ޤައުމެއްކަމުގައި ވިޔަސް ރާއްޖެ ފަދަ އެހެން ރާއްޖެއެއް މުޅި ދުނިޔެއިން ވެސް ހޯދުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންކަމުން ދިވެހިރާއްޖެ ބަނގުރޫޓުވެ ވަރައްޓެރި ސްރީލަންކާއަށް ދިމާވި ޙާލަތު އަތުވެދާނެކަމަށް ބުނާ ބުނުމަކީ ޙަޤީޤަތެއް ނޫނެވެ.

ދިވެހިރާއްޖެއަށް ދިމާވެގެން މިއުޅޭ މައިގަނޑު މައްސަލަ އަކީ ލިބޭ އާމްދަނީއަށް ވުރެ، ޚަރަދުތައް ބޮޑުވުމުން ދިމާވެގެން އުޅޭ މައްސަލައެކެވެ. އަދި އާމްދަނީ އާއި ނުބައްދަލު މިންވަރަކަށް ޢުމްރާނީ ތަރައްޤީ އަށް ކުރެވޭ އިންވެސްމަންޓްތައް ބޮޑުވުމާއި، ޤައުމުގެ އުފެއްދުންތެރިކަމާ ނުބައްދަލު މިންވަރަކަށް ދަރަންޏަށް ފައިސާ ހޯދުމާއި، އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް މަދުވުމެވެ.

މިޙާލަތުން އަރައިގަތުމަށް ކުރެވިދާނެ މައިގަނޑު ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ދަޢުލަތުން ކުރެވޭ އިސްރާފުތައް މަދުކުރުމާއި، ޚަރަދުތައް ކުޑަކުރުމާއި، އާމްދަނީއެއް ނުލިބޭ ބޮޑެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓްތައް މަދުކުރުމާއި، ދަރަންޏަށް ފައިސާ ހޯދުން ހުއްޓާލުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅެން ހުރި އަވަސް ފިޔަވަޅުތައް އެޅުން ހިމެނެއެވެ. އޭގެ ތެރޭގައި ޓެކްސްތައް އިތުރުކުރުމާއި، ޓެކްސް ނެގޭ މިންވަރު އިތުރުކުރުން ވެސް ހިމެނެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ފިރާގު (އިނަރ މޯލްޑިވްސް ފިރާގު) އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދުނު ފަހުން އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށާއި، ރައްޔިތުންނަށް ގެއްލުމެއް ވިޔަނުދިނުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައި ވާކަމަށެވެ. އަދި މާލީ އެހީތެރިކަން ހޯދުމަށް 100 އަށް ވުރެ ގިނަ އަދަދަކަށް ރަސްމީ ދަތުރުތައް ކުރައްވާފައި ވާކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ހާލަތުގެ ސަބަބުން މި މަސައްކަތްތަކުން މާބޮޑު ނަތީޖާއެއް ނުލިބޭ ކަމަށެވެ. އެހެނަސް ދިވެހި ރައްޔިތުންނަކީ ވަރަށް އެއްބައިވަންތަ ބައެއްކަން މާޒީގައި ކިތައްމެ ފަހަރަކު ވަނީ ދައްކާފައި ކަމަށެވެ. ވީމާ ޚަރަދުތައއ ކުޑަކުރުމުގެ ގޮތުން ބޭރުގެ އެންބަސީތަކުގައި ތިބި އަމިއްލަ މަސްލަހަތަށް އަނބިދަރިންނަށް، ފިރިންނަށް ދައުލަތުގެ މާލިއްޔާތުން ޚަރަދުކުރަން ފޫގަޅާފައި ތިބި ސުމާރެއް ނެތް މިންވަރަށް ތިބި މީހުން ގެ އަދަދު ދަށް ކުރަންޖެހޭ ކަމަށާއި، ބައެއް އެމްބަސީތަކުގައި ސިޔާސީ މަޤާމުތަކުގެ ޢަދަދު ސާޅީހުން މަތިވާނެ ކަމަށެވެ.

© 2023 milauthuru. All rights reserved.