މިލައުތުރު

ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝަމްނާޒް ސަސްޕެންޑް ކޮށްފި.

ރައީސުލްޖުމްހޫރިއްޔާ އާއި ގައިގޯޅިވުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް ހައްޔަރުކުރުމާ ގުޅިގެން އެކަމަނާ ސަސްޕެންޓް ކޮށްފައި ވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކަށަވަރު ކޮށްދެއްވައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ދެން ހައްޔަރުކުރީ ޝަމްނާޒްގެ ކޮއްކޮ ސަނާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ސަނާ މިވަގުތު ހުންނެވީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ. އެހެން ނަމަވެސް ސަނާ އެމަޤާމުގެ މަސްޢޫލިއްޔަތުތަކުން ސަސްޕެންޑް ކޮށްފައިވާ ކަމެއް ޔަޤީނެއް ނޫނެވެ.

މި މައްސަލައިގާ ތިންވަނަ މީހަކަށް ހައްޔަރުކޮށްފައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ހިތްޖެއްސުމަށް އިސްތިރި ހަދައިދިން ބޫގަލް މާސްޓަރުކަމަށް ވެއެވެ. ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކަށް ވާތީ އޭނާގެ ވަނަވަރު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ސިހުރު މައްސަލައިގާ އެންމެން ހައިރާން ކޮށްލި ކަމަކީ ޝަމްނާޒްގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ކުއްލިގޮތަކަށް ރާއްޖެ ދޫކުރައްވައި ފިއްލެވީތީއެވެ. މަޢުލޫމާތު ލިބޭގޮތުގައި އެމަނިކުފާނު ޝަމްނާޒް ވަރިކުރެއްވީ އެކަމަނާ ހައްޔަރު ކުރިވެސް ފަހުންނެވެ. މި މައްސަލައިގާ މިނިސްޓަރ އާދަމް ރަމީޒް ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

© 2023 milauthuru. All rights reserved.