ޕްރޮސެކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބޭއްވޭ މުބާރާތް 2023 ގެ ފަޚުރުވެރި އެއް ވަނަ ށ. އަތޮޅު ކައުންސިލްގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މިއީ ލިޔުންތެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމްކުރި މުބާރާތެކެވެ. މި މުބާރާތުގައި ސަރުކާރުގެ ގިނަ އޮފީސްތަކަކުން ބައިވެރިވެފައި ވެއެވެ. ށ. އަތޮޅު ކައުންސިލް ތަމްސީލުކުރެއްވި 9 މެންބަރުންގެ ޓީމްގައި ހިމެނޭ ފަރާތްތަކަކީ އަޒީމާ ޢަލީ، އަގުލީމާ ޢަބްދުއްސަމަދު، އަޙްމަދު އީސާ، އާމިނަތު މޫސާ، އާމިނަތު ރަޝީދާ، އަޒީމާ މުޙައްމަދު ފުޅު، އަބްދުލް މަޖީދު އިބްރާހީމް، ސާލިމް ޢަބަދު ﷲ ގެ އިތުރުން ފަރީޝާ މުޙައްމަދު އެވެ.
ށ. އަތޮޅު ކައުންސިލްގެ ޓީމުން ތިޔަ ހޯއްދެވި ފަޚުރުވެރި ކާމިޔާބަށް މިލައުތުރު ނޫހުގެ ފަރާތުން ތަހުނިޔާ ދަންނަވަމެވެ.