މިލައުތުރު

ށ. އަތޮޅު ކައުންސިލް އާއި އެފްއޭއެމް ގުޅިގެން ހިންގި ބޭސިކް ރެފްރީ ކޯސް ނިމިއްޖެ!

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ރަށްތަކަށް ބޭނުންވާ ފުޓްބޯޅަ ރެފްރީން ތަމްރީންކުރުމަށްޓަކައި ހިންގެވި ބޭސިކް ރެފްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ށ. އަތޮޅު ކައުންސިލުން ހިންގެވި މިފަދަ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ހިންގެވި ރެފްރީން ތަމްރީނުކުރުމުގެ ބޭސިކް ކޯހުގައި އަތޮޅުގެ 13 ރަށަކުން ޖުމްލަ 33 ފަރާތަކުން ބައިވެރިވެ ސަނަދު ޙާސިލްކޮށްފައި ވެއެވެ.

ކޯހުގެ ބައިވެރިން ދެކޭގޮތުގައި މިއީ ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކޯހެކެވެ. އަދި އަތޮޅު ކައުންސިލްގެ އިންތިޒާމްތައް ވެސް ވަރަށް ފުރިހަމައެވެ.

© 2023 milauthuru. All rights reserved.