މިލައުތުރު

ރައްޔިތުން އުޅެން އުޅޭލެއް ތަންކޮޅެއް ފެންވަރު މަތި، ކުޑަކޮށް ތިރިވެލާ – އަލީ އާރިފް

ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަމުން އަލީ އާރިފް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ކަމަށާއި، ހިތި ބޭސް ވެސް ބޯންޖެހޭ ކަމަށެވެ.

ޤައުމު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ފައިސާ ވެސް ޗާޕު ކުރެވިދާނެ ކަމަށާއި، އެއީ ޒިންމާދާރުވެރިން ކުރާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިޚުލާސްތެރި ވެރިން ކުރައްވާނެ ކަމަކީ އުނދަގޫ ވިޔަސް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަނީ އެކަން ކަމަށެވެ.

އާރިފްގެ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންނަށް އިޝާރާތްކުރައްވައި ވިދާޅުވީ “މިދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން،” މާ ރަނގަޅު ވާނެކަމަށެވެ.

One Reply to “ރައްޔިތުން އުޅެން އުޅޭލެއް ތަންކޮޅެއް ފެންވަރު މަތި، ކުޑަކޮށް ތިރިވެލާ – އަލީ އާރިފް”

  1. ވައިޑޭ

    އަހަރުމެން ގޮތަކައް އުޅެންނާ އެފެންމަތިވީ އަހަރުމެއް ނޫން ފެންމަތިވި ސަރުކާރު އުޅޭމީހުން ކީއްތަވާނީ އެފަހރު އަހަރުމެންގެ އަނޑު އެހިޔާ ރެޔާދުވާލު ކޮގެން މިލިބެނީ ކިރިޔާ އަތާ އަނގަޔާ ފޯރާވަރަށް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.