އައްޑޫ ބަނދަރަށް 150 ޓަނުގެ ޕެރިޝަބަލް އާއި އާންމު މުދާ ހިފައިގެން އިންޑިއާގެ ކާގޯ ބޯޓް ބަނދަރުކޮށްފިއެވެ. މިއީ މިފަދަ އިންޑިޔާ ބޯޓެއް މުދާ ހިފައިގެން ސީދާ އައްޑޫ ބަނދަރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިޖުލައި މަހުގެ އެއްވަނަ ދުވަހު އައްޑޫ ހިތަދޫ ބަނދަރަށް ވަނީ މުދާ ބާލާފައެވެ. މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަޖުރިބާކާރު ސީއީއޯ މުހައްމަދު ވަޖީހު އާއި ހިތަދޫ ބަނދަރުގެ އިސްވެރިޔާ މޫސަގެ ދުރުވިސްނެވުމަށް އައްޑޫގެ އިޤްތިޞާދު ހަރުދަނާކޮށް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތުގެ ތެރެއިން ބޮޅެކެވެ. އެގޮތުން ހިތަދޫގެ ބަނދަރުން މިހާރު ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ އިތުރުން ހުޅުމީދޫ އެމްސީ ސައިޓްގައި ބަންކަރިން ޚިދުމަތް ފެށުމުގެ މަސައްކަތްތައް ގެންދަވަނީ ކުރައްވަމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އައްޑޫ ހުޅުމީދޫ ސައިޓްގެ ޖެނެރަލް އޮޕަރޭޝަން ޑިޕާރޓްމެންޓް ކޯރޑިނޭޓާރ މުސްތަފާ ލުތުފީ އާއި ޙަވާލާދީ ރިޕޯޓްކޮށްފައި ވާގޮތުން ހުުޅުމީދޫ ސައިޓްގެ ބައެއް މުވައްޒަފުން ޕްރަބޭޝަން މުއްދަތުގައި ވެސް ވަޒިފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން މިހާރު ވަނީ މަސައްކަތުން އެކަހެރި ކޮށްފައެވެ. އެއީ ވެސް ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅުތަކެއް ކަމަށާއި، ޚިދުމަތްތައް ދިނުމުގައި އައްޑޫގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެެއްވާނެ ކަމަށެވެ.
މިބަދަލާއި އެކު އައްޑޫއަށް ތާޒާކަމާއެކު ތަރުކާރީ އާއި މޭވާ ރާއްޖެއިން ބޭރުން އެތެރެ ކުރެވޭނެއެވެ.