މިލައުތުރު

ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދަށް ހިތުގެ އާލާސްކަންފުޅަކަށް ފަރުވާދެނީ.

ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދަށް ހިތުގެ އާލާސްކަންފުޅަކަށް ފަރުދެމުންދާ ކަމުގެ މަޢުލޫމާތު އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ފަރާތްޕުޅުން ކަށަވަރު ވެއްޖެއެވެ.

ޢާންމު ނަމުން ނަމަ ގަދަގޭ ރަޝީދު އަކީ 20 ވަނަ ރައްޔިތުންގެ މަޖިސްގައި ނޮޅިވަރަމް ދާއިރާ ތަމްސީލުކުރައްވާ ޕީއެންސީގެ މެންބަރެކެވެ. އެމަނިކުފާނުގެ ހިތުގެ އާލާސްކަންފުޅަކަށް ޓެސްޓްތައް ހެއްދެވުމަށް ފަހު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް ޚަބަރު ލިބިފައި ވެއެވެ. އެހެން ނަމަވެސް ހިތުގެ އާލާސްކަންފުޅުގެ ސީރިއަސްކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. ބެލެވޭގޮތުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނީ ހިތުގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ.

މުޙައްމަދު ރަޝީދު ނޮޅިވަރަމް ދާއިރާއަށް ހޮވިވަޑައިގަތީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ފަހުން ވެރިކަންކުރާ ޕީއެންސީއަށް ވަނީ ސޮއިކުރައްވާފައެވެ.

© 2023 milauthuru. All rights reserved.