މިލައުތުރު

ވަގު ޑޮލަރު ދައުރުވާތީ ސަމާލުވާން ޕޮލިހުން އިލްތިމާސްކޮށްފި، އެމްއެމްއޭގެ ބަހެއް އަދި ނެތް!

ވަގު ޑޮލަރު ދައުރުވަމުންދާތީ ރައްޔިތުން ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން އިލްތިމާސްކޮށްފައި ވަނީ ޑޮލަރު ގަނެވިއްކުމުގެ ހުއްދަ އޮތް ފަރާތްތަކުން ނޫނީ ޑޮލަރު ނުގަތުމަށެވެ.

ފުލުހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް

އާންމުންގެ ސަމާލުކަމަށް ފުލުހުން ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ދައުރުވަމުންދާ ވަގު ޑޮލަރުގެ ނަމޫނާއެއް ދައްކާލުމަށް ފަހު ބުނެފައި ވަނީ ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ ޑޮަލަރު ގަތުމުގެ މުޢާމަލާތް ނުކުރެއްވުމަށް ސަމާލުވުމަށެވެ.

ދައުރުވަމުންދާ 100 ޑަލަރުގެ ވަގު ނޫޓުގައި އިނގިރޭސިން “ކޮޕީ” ލިޔެފައި ވާކަމަށް ފާހަގަކުރައްވައި ނޫޓުގެ ދެފަރާތުގެ ފޮޓޯއެއް ވަނީ ދައްކާފައެވެ.

© 2023 milauthuru. All rights reserved.