ށ. ކަނޑިތީމްގެ އަންހެނުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކަނޑިތީމް ޕޮލިސް އާއި ގުޅިގެން މޫދު ކަޝްރަތު ޕްރޮގްރާމެއް ހިންގައިފިއެވެ.
2 ޖުލައި އިން 15 ޖުލައި 2024 ގެ ނިޔަލަށް ކުރިއަށް ގެންދިޔާ މޫދު ކަޝްރަތު ޙަރަކާތުގައި 70 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މި ކަޝްރަތު ޙަރަކާތުގައި ކިޔަވައިދެއްވީ އެކަމުގެ ތަޖުރިބާކާރު ފުލުހުންގެ އިންސްޓްރަކްޓަރުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.