މިލައުތުރު

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަރުސަލާން އަކީ ބޮޑު ވަގެއް – ކަރަމް

އއ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން އަރުސަލާން އަކީ ބޮޑު ވަގެއް ކަމަށް ތުހުމަތުކޮށް އެ އަތޮޅު ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ފޭސްބުކްގައި ބޮޑު ޕޯސްޓެއް ކޮށްފިއެވެ.

ރައީސް ކަރަމް ތުހުމަތުކުރައްވާފައި ވާގޮތުގައި އަތޮޅު ކައުންސިލްގެ ރައީސް އަރުސަލާން އާއި އޭނާގެ ބައްޕަ ވަނީ ގޮއިގަނޑުން ވަގަށް ކަންކުން ވިއްކައިގެންނާއި، ފަތްކެޔޮ ވިއްކައިގެން ގިނަ ޢަދަދެއްގެ ފައިސާ ހޯއްދަވާފައި ކަމަށެވެ. އަދި ޚުދު އަތޮޅު ކައުންސިލްގެ ރައީސް އަމިއްލަފުޅަށް އެކަމަށް އިޢުތިރާފުވެފައި ވާކަމަށެވެ.

ކަރަމް ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައި ވަނީ “އަތޮޅު ބޮޑުވަގު ކަންކުން ކައުންސިލަރ އަރުސަލާން އަދި އޭނާގެ ބައްޕަ ގޮއިގަނޑުން ވަގަށް ކަންކުން ވިއްކައިގެން 60000 ރުފިޔާ އަދި ދޮންކެޔޮވިއްކައިގެން 100000 ރުފިޔާ ހޯދިކަމަށް ރަސްދޫ ކެފޭ އެއްގައި ފޮނިކަނޑަމުންވަމީ އަމިއްލަ އަށް އިޢްތިރާފް ވެފައި. ތިރީގައި މިވަމީ އެގެއައް ވަގަށް ކަނޑައިގެން ވައްދާފައިވާ ދޮންކެޔޮތަކެއް.” މިހެންނެވެ.

މިޕޯސްޓަށް ކޮމެންޓް ކުރައްވައި އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރުގެ ފޮޓޯއެއް ލައިގެން އަބުރުކަތިލަން ކުރާ މަސައްކަތް ނުވިކޭނެ ކަމަށެވެ. އަދި ތޮއްޑޫ ކައުންސިލްގެ ރައީސް ކަރަމް ހުންނެވީ ތެޔޮބިޑީގައިތޯ ސުވާލުކުރައްވާފައި ވެއެވެ. އަދި ދެބޭފުޅުންގެ ޒުވާބު ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

© 2023 milauthuru. All rights reserved.