މިލައުތުރު

ސްރީލަންކާ ހިއުމަން ކެޕިޓަލް ސަމިޓް-2024 ގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި.

އަވައްޓެރި ސްރީލަންކާގައި މިހާރު ކުރިއަށްދާ “ސްރީލަންކާ ހިއުމަން ކެޕިޓަލް ސަމިޓް – 2024” ގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

މި ސަމިޓްގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދެނާގެ އިތުރުން އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވާހަކަފުޅު ދެއްކެވިއެވެ. މިއީ ސްރީލަންކާގައި ބާއްވަމުން ގެންދާ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ބެހޭ އެންމެ ބޮޑު ސަމިޓެވެ. މިސަމިޓްގައި ދުނިޔޭގެ އެކި ޤައުމުތަކުން ފަންނީ މާހިރުން ބައިވެރި ވެއެވެ.

މިއަހަރުގެ ސަމިޓްގައި ވާހަކަފުޅު ދެއްކެވުމަށް ދަޢުވަތު ދެއްވި ޚާއްސަ މެހެމާނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝީދު އާއި އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއެވެ.

© 2023 milauthuru. All rights reserved.