މިލައުތުރު

އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ ޓެރަރިސްޓެއް – ޕާކިސްތާން ސަރުކާރު

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އެޑްވައިޒަރު ރަނާ ސަނައުﷲ ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވީ ނަތަންޔާހޫއަކީ ޓެރަރިސްޓެއްގެ ކަމުގައި ސަރުކާރުން ކަނޑައަޅުއްވާފައި ވާކަމަށާއި، ފަލަސްޠީނާ ދެކޮޅަށް އޭނާ ހިންގާފައިވާ ކުށްތަކަށް ތަޙްޤީޤްކޮށް، ޝަރީއަތަށް ހާޒިރުކޮށް، ފަލަސްތީނަށް އިންސާފު ހޯދައިދޭން ޖެހޭކަމަށެވެ.

އިސްރާއީލް އަސްކަރިއްޔާއިން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ކުށްވެރިކޮށްފައެވެ. ޕާކިސްތާނުން މިހާތަނަށް އިސްރާއީލާއެކު ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ޤާއިމުކޮށްފައެއް ނުވެއެވެ. އިސްރާއީލްގެ އުފެއްދުންތަކާއި ގުޅުން ހުރި ކުންފުނިތަކުގެ އުފެއްދުންތައް ބައިކޯޓުކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 39،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި ވެއެވެ.

© 2023 milauthuru. All rights reserved.