މިލައުތުރު

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން ވާދަނުކުރައްވަން ނިންމަވައިފި.

ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާން އެކްސްގައި އިޢުލާންކުރައްވާފައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ލިބިވަޑައިގެންފައިވާ ފުރުޞަތު ދޫކޮށްލައްވަން ނިންމަވައިފި ކަމަށާއި، މިހާރު ނައިބު ރައީސް ކަމާލާ ހެރިސްއަށް އެފުރުސަތު ދިނުމަށް ދާއީކުރައްވާ ކަމަށެވެ.

ޚިޔާލް ހޯދުމުގެ ޕޯލްތަކުގެ ނަތީޖާތައް ދައްކާގޮތުން ޖޯ ބައިޑަން އަށް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ނުކުރެވޭނެއެވެ. އަދި ރިބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެއީ ބައިޑަން އަކީ މިހާރު ރައީސް ކަމުގެ މަސްޢޫލިއްޔަތު އަދާކުރެވޭ ވަރަށް ވުރެ، ދުވަސްވެ މުސްކުޅިވެފައި ވާފަރާތެއް ކަމަށެވެ.

ބައިޑަން އިތުރަށް ވިދާޅުވެފައި ވަނީ ކަމާލާ ހެރިސް އާއި އެކު އެންމެން ގުޅިގެން ޑޮނާލްޑް ޓްރަމްޕް ބަލިކުރެވޭނެ ކަމަށާއި، އެކަމަށް އެމަނިކުފާނުގެ ފުރިހަމަ ސަޕޯޓާއި މަދަދުވެރިކަން ދެއްވާނެ ކަމަށެވެ. ރައީސް ބައިޑަން އަކީ 81 އަހަރު ވެފައިވާ ބޭފުޅެކެވެ. އަދި ކަމާލާ ހެރިސް އަކީ 59 އަހަރުގެ އަންހެން ބޭފުޅެކެވެ.

© 2023 milauthuru. All rights reserved.