މިލައުތުރު

ބާވެ ހަލާކުވުމުން މަގުމައްޗަށް ދޫކޮށްލާފައި އޮންނަ ކާރުތައް ޓޯނުކޮށް އަލަށް އެތެރެކޮށްފައި ހުންނަ ކާރުތައް ޓޯކުރުމުގެ ޙިކުމަތަކީ ކޮބާ؟

މާލޭގައި މިހާރު ދަންވަރަށް އެންމެ ފޯރީގައި ފުލުހުން ކުރައްވާ ކަމަކީ ވެހިކަލް ޓޯކުރުމެވެ. ޕާކުކުރަންޖެހޭ މަގުތަކާއި، ޕާކުނުކުރެވޭ މަގުތަކަކީ ފުލުހުންގެ ދުލުކުރީގައި އިންނަ އެއްޗެއް ކަމަށް ވަނީ ވެފައެވެ. މިހާރު އެމަސައްކަތް ހުޅުމާލޭގައި ވެސް ފަށައިފިއެވެ.

ހުޅުމާލޭގައި ޓޯކުރަނީ އަލަށް ރާއްޖެ އެތެރެކޮށްފައި ރަޖިސްޓަރީ ނުކޮށް މަގުތަކުގައި ޕާކުކޮށްފައި އޮންނަ ވެހިކަލްތައް އެކަނި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ރަޖިސްޓަރީ ކުރުމުގެ ކަންތައް ވެސް ޓްރާންސްޕޯޓުން ވަނީ ވަރަށް ބޮޑަށް ހަރުކަށި ކޮށްފައެވެ. އެހެން ނަމަވެސް އެތެރެކުރުމަކަށް ހުރަހެއް ނެތެވެ. އިމްޕޯޓް ޑިއުޓީ ދައްކާފައި ކިތަންމެ ވަރަކަށް ވެސް ހަމަ އެތެރެކުރަންވީއެވެ. މައްސަލަ އަކީ ރަޖިސްޓަރީ ކުރުމެވެ.

ހުޅުމާލޭގައި ބާވެގެން ނުދުއްވޭ ވަރުވެގެން ދޫކޮށްލާފައި އޮންނަ ކާރުތައް މަދެއް ނޫނެވެ. އަދި އެފަދަ ވެހިކަލްތަކުގެ ބައިތައް ވަގައް ނަގާ އޮނިގަނޑަށް ހަދާލާފައި ވާތަން ވެސް ފެނެއެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކާރެއް ޓޯކުރުމެއް ނެތި، އަލަށް އެތެރެކޮށްފައި ހުންނަ ރަޖިސްޓަރީ ނުވާ ކާރުތައް ޓޯކުރަމުންދާކަމީ ސުވާލު އުފެދޭ ކަމެކެވެ. އަދި އާންމުންގެ ފާޑުކިޔުންތައް ފުލުހުންނާއި، ސަރުކާރަށް ލިބޭ ކަމަކަށް ވަނީ ވެފައެވެ.

ބައެއް މީހުން ސުވާލުކުރާ ގޮތުގައި ސްޓިކާރ ނުޖަހާން ވަޢުދުވެފައި އޭގެ ބަދަލުގައި މީހުން ދަވާލާނެ މޮޅުގޮތެއް ހޯދީއެވެ. މިހާރު އިސްޓިކާއެއް ނުޖަހައެވެ. އެހެން ނަމަވެސް ޓޯކުރުން ވަނީ ހަބޭސްވެފައެވެ. އަދި ހަމަ އެހެންމެ ކުޅިވަރު ދަނޑުތައް ވަނީ ފުރިފައެވެ. ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށެވެ.

© 2023 milauthuru. All rights reserved.