މިލައުތުރު

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެލްޖީއޭގެ ބޯޑަށް އިންތިޚާބުކޮށްފި!

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރަންޖެހޭ މެންބަރު ހޮވުމަށް ބޭއްވި އިންތިހާބު ށ. އަތޮޅު ކައުންސިލްގެ ރައީސް ކާމިޔާބު ކުރައްވައިފިއެވެ. މިއީ އަތޮޅު ކައުންސިލްތަކުގެ އިތުބާރާ ޔަޤީންކަން ޝިޔަންޓޭ އަށް އޮތްކަން ދަލާލާތު ކޮށްދޭ ކަމެކެވެ.

އިންތިޚާބުގައި ވާދަކުރެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ޢިސްމާޢީލް ޢަލީ އާއި މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 18 ފަރާތަކަށެވެ. ވޯޓުގައި ބައިވެރިވެފައި ވަނީ 15 ފަރާތަކުންނެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ށ. ރައީސަށް ލިބިވަޑައިގަތީ 9 ވޯޓެވެ. އަދި ލ. ރައީސް ޢިސްމާޢީލް ޢަލީއަށް ލިބިވަޑައިގަތީ 6 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް ށ. އަތޮޅުގެ ރައީސް މުޙައްމަދު ސިޔާމް ހޮވިވަޑައިގެންފައި ވާތީ މިލައުތުރުގެ ޓީމުގެ ފަރާތުން އިޚްލާޞްތެރި ތަހުނިޔާ ދަންނަވަމެވެ.

One Reply to “ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެލްޖީއޭގެ ބޯޑަށް އިންތިޚާބުކޮށްފި!”

  1. Ali Nizar

    Maruhabaa

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.