މިލައުތުރު

ސައޫދީ އަރަބިޔާގައި ޖެޓް-ޓެކްސީ ތަޢާރަފު ކުރުމަށް 100 ޖެޓް ފްލައިޓް ހޯދަނީ…

ސައުދީއިން އެއާޓެކްސީގެ ޚިދުމަތް ތަޢާރަފު ކުރުމަށް 175 ކިލޯމީޓަރު ރޭންޖްގެ 100 ޖެޓް ފްލައިޓް ގަތުމުގެ އެއްބަސްވުމެއްގައި ޖަރުމަނުގެ ކުންފުންޏެއް ކަމުގައިވާ ލިލިއަމް އާއި އެކު ސޮއި ކޮށްފިއެވެ.

އަރަބި ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން ސައުދީ އެއާލައިނުން އޯޑަރު ދީފައި ވަނީ ފުރަތަމަ ބުރުގައި 100 ޖެޓަށް ކަމަށާއި، އެއީ ވަރަށް އެޑްވާންސްޑް ޖެޓް ފްލައިޓްގެ މޮޑެލްއެއް ކަމަށާއި، ގަޑިއަކު 250 ކިލޯމީޓަރު ބާރުމިނުގައި ދުވާނެކަމަށާއި، 4 ނުވަތަ 6 ޕެސެންޖަރުންނަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި ދާދި އަވަހަށް ސައުދީ މަތިން ޓެކްސީތައް ފެންނާން ފަށާނެ ކަމަށެވެ.

މި ޖެޓްތައް ބޭނުންކޮށްގެން އެއާޓެކްސީގެ ޚިދުމަތް ފަށާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ޓިކެޓް ގޮތުގައި ޕެސެންޖަރުން ދައްކަންޖެހޭނެ އަގުތަކާއި، ޗާޓަރުކުރުމުގެ ރޭޓްތަކާއި، ރޫޓްތައް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

© 2023 milauthuru. All rights reserved.