އުސްތާޛް ޒަކީ

މެލިންޑާ ގޭޓްސް: 52 މިލިޔަން ޑޮލަރުގެ ކެމްޕެއިން ފަންޑާއެކު ކަމާލާ ހެރިސް އެންޑޯޒް ކުރައްވައިފި.

އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ކަމާލާ ހެރިސްގެ ކެމްޕެއިނަށް 52 މިލިޔަން ޑޮލަރުގެ ކެމްޕެއިން ފަންޑް ހަދިޔާކުރެއްވުމަށް ފަހު އެންޑޯޒް ކުރައްވައިފިއެވެ.

މެލިންޑާ ގޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ބިލިޔަނަރު ކަމަށްވާ ބިލް ގޭޓްސްގެ އަނބިކަނބަލުންނެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ކުރިން ދުވަހަކު ވެސް އެކަމަނާ ރިޔާސީ ކެންޑިޑޭޓެއް އެން ޑޯޒް ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން މިއީ އެކަމަނާ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއް އެންޑޯޒް ކުރައްވާ ފުރަތަމަ ފަހަރެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެލަން މަސްކް ވެސް އެބޭފުޅާ ޑޮނާލްޑް ޓްރަމްޕްގެ ކެމްޕެއިނަށް މަހަކު ދެމުން ގެންދެވި 45 މިލިޔަން ޑޮލަރު ދެއްވުން ހުއްޓާލައްވައިފިއެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ވެސް ޑޮނާލްޑް ޓްރަމްޕަށް ކުރިން ކުރެއްވި ތާއީދު އަނބުރާ ގެންގޮސްފިއެވެ.

އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ޕޯލްތަކުގެ ނަތީޖާތައް ދައްކާގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ މިހާރުގެ ނައިބު ރައީސް ކަމާލާ ހެރިސް އެވެ. އެކަމަނާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްއެވެ. އަަދި ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ ވެގެންދާނީ އެމެރިކާގެ ފުރަތަމަ އަންހެން ރައީސް އަށެވެ.

© 2023 milauthuru. All rights reserved.