މިލައުތުރު

“24 އަވަރ” ކިޔާ ސުޕަމާކެޓް ފޭސްބުކް ޕޭޖަކުން މަތީ ތަޢުލީމުގެ ކޯސްތަކެއް އިޝްތިހާރު ކުރަނީ…

24 އަވަރ ކިޔާ ފޭސްބުކް ޕޭޖެއްގައި މަތީ ތަޢުލީމުގެ ފުރުޞަތުތަކެއް އިޝްތިހާރު ކުރަން ފަށައިފިއެވެ. އެކި އުމުރު ފުރާތަކަށް ޚާއްޞަ ކޯސްތަކެއް އިޢުލާން ކޮށްފައި ވެއެވެ.

18 އަހަރާ 30 އަހަރާއި، 31 އަހަރާ 40 އަހަރާއި، 41 އަހަރާ 50 އަހަރާއި، 51 އަަހަރާ 60 އަހަރާއި، 61 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ކޯސްތަކެއް އެކުލެވޭ ގޮތެއްގައި ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރަމުން އެބަގެންދެއެވެ. އަދި އެކޯސްތަކަކީ މުޅިން ހިލޭ ހިންގާ ކޯސްތަކެއް ކަމަށާއި، ކޯސްތަކަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހުއްދަ ދީފައިވާ ކޯސްތަކެއް ކަމަށް ބުނެފައި ވެއެވެ.

އަދި ކޯހުގައި ބައިވެރިވާ ކޮންމެ މީހަކަށް ޓެބްލެޓެއް ލިބޭނެކަމަށާއި، 4 ހަފުތާގެ ތެރޭގައި ސަނަދު ލިބޭނެކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ. މި އިޝްތިހާރަށް ކޮމެންޓް ކޮށްފައިވާ ބައެއް މީހުން ބުނެފައި ވަނީ އެއީ އެކި އިރު އެކި ނަމުގައި ހިންގާ ޕޭޖެއް ކަމަށާއި، އެއީ ފޭކް ބައެއް ކަމަށެވެ.

© 2023 milauthuru. All rights reserved.