މިލައުތުރު

ސްރީލަންކާގެ ކޭޑީޔޫގެ މަތީ ތަޢުލީމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޙަރަކާތެއް މީރުމާގައި ފެށިގެން ކުރިއަށް ދަނީ…

ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާރސިޓީ (ކޭޑީޔޫ) ގައި ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭގޮތުން ރާއްޖޭގައި އޭލެވެލް ނިންމާ ކުދިންނާއި މިހާރު ވެސް ކިޔަވަމުންދާ ކުދިންނަށް މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއް ހ. މީރުމާގައި ފެށިއްޖެއެވެ.

މިބައްދަލުވުން އޮތީ މިއަދު 5:30 ގައި މީރުމާގެ ސެމިނާރ ރޫމްގައެވެ. މި ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާއެވެ. އަދި މިބައްދަލުވުމުގައި ޕޮލިޓެކްނިކްގެ ސީއީއޯގެ އިތުރުން ކޭޑީޔޫގެ ވައިސް ޗާންސެލަރ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްބީބީއެސްގެ އިތުރުން ވެސް ކޭޑީޔޫގައި ތަފާތު ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ހުރިކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ފާމަސީ އާއި، ބަޔޯޓެކްނޮލޮޖީ އާއި އިންޖިނިއަރިންގ ދާއިރާގެ ގިނަ ޕްރޮގްރާމްތައްް ހިމެނެއެވެ. ޔުނިވާރސިޓީގެ އަމިއްލަ ހޮސްޕިޓަލާ އެހެނިހެން ވަޞީލަތްތައް ޤާއިމް ކުރެެވިފައި ވެއެވެ. އަދި ދަރިވަރުން ތިބުމަށް ދަނާލުތައް ހެދިފައި ވެއެވެ. އަދި ސްރީލަންކާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ބަލައިގަތުމުގެ އިތުރުން މަތީ ދަރަޖައެއްގައި ރޭންކް ކުރެވިފައިވާ ޔުނިވާރސިޓީ އެކެވެ.

ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުން މިރޭގެ 9:00 ހަމައަށް ކުރިއަށް ދާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

© 2023 milauthuru. All rights reserved.