މިލައުތުރު

ބަންގާޅުގެ އުތުރިއެރުން: ހަސީނާގެ ޖަނގިޔާތަކާ ބްރާތައް ވެސް އަތުލައިފި.

ބަންގާޅުގައި އޮތް 15 އަހަރުވީ ސަރުކާރާ ދެކޮޅަށް ރައްޔިތުން އުތުރިއަރާ ވެރިކަން ވައްޓާލުމަށް ފަހު ބޮޑުވަޒީރު ޝައިޚް ހަސީނާގެ ޖަނގިޔާތަކާ ބްރާތައް ވެސް މުޒާހަރާގެ ބައިވެރިން އަތުލައިފިއެވެ.

ބޮޑުވަޒީރު ހަސީނާގެ ގެކޮޅަށް ވަދެ އެމީހަކު އަތުޖެހުނު އެއްޗެއް އެމީހަކު ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ކައްގަނޑު ފުޅާ ޖަނގިޔާތަކާއި، ބްރާތަކާއި، ފައިވާންތަކާއި، ދަބަސްތަކުގެ އިތުރުން ޒީނަތްތެރި ކަމަށް ގޭގައި ބަހައްޓާފައި ހުރި ތަކެތި ވެސް ވަނީ ލޫޓުވާލާފައެވެ.

މީގެ އިތުރުން ހަސީނާގެ ދެމޭފޮތީގެ ހަރުވާޅުތަކާއި، ނިދާހެނދުންތަކާއި ރީތިވާ ސާމާނުތައް ވެސް ވަނީ ލޫޓުވާލާފައެވެ. އެހެން ކަމުން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިހާރު 4 ފާރު ނޫން އެއްވެސް އެެއްޗެއް ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމީހުން ބުނާގޮތުގައި އެއީ އެމީހުންގެ ޣަނީމާ މުދާކަމަށާއި، އެތަކެތި އެންމެ ޙައްޤުކަން ބޮޑީ ޚުދު އެމީހުންނާއި، ހަޅުތާލުތަކުގައި ފުރާނައިން ޤުރުބާންވީ މީހުންގެ އާއިލާތައް ކަމަށެވެ.

ޚަބަރުތައް ލިބޭގޮތުގައި ހަސީނާ ވަނީ އިންޑިޔާ މަގުން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުުރުކުރައްވާފައެވެ. އަދި އެޤައުމުގެ ޙިމާޔަތް ހޯއްދަވާފައެވެ.

© 2023 milauthuru. All rights reserved.