މިލައުތުރު

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކުރި ޕްރޮކިއުމަންޓް މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި.

ށ.އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް ފިނޭންސްއާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮކިއުމަންޓް މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު ކާމާއެކު ނިންމާލައިފިއެވެ.

މިއީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް ކަމާ ގުޅުން ހުރި މުވައްޒަފުން އަހުލުވެރިކުރުމުގެ މަޤުޞަދުގައި ށ. އަތޮޅު ކައުންސިލުން އިސްނަންގަވައިގެން ހިންގެވި މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ދިވެހިރާއްޖޭގެ މާލީ ވުޒާރާގެ ފަންނީ ތަޖުރިބާކާރުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި ށ. އަތޮޅުގެ 14 ރަށުން ޖުމްލަ 39 ފަރާތެއް ބައިވެރިވެފައި ވެއެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ޕްރޮކިއުމަންޓް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޤާނޫނުތަކާއި، ޤަވައިދުތަކާއި، އުޞޫލުތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ލިބި އިތުރަށް ހޭލުންތެރި ވެގެންދާނެ ކަމަށް އަތޮޅު ކައުންސިލުން އުންމީދު ކުރެއެވެ.

© 2023 milauthuru. All rights reserved.