މިލައުތުރު

ޔޫކްރޭން ސިފައިންގެ ލަޝްކަރުތައް ރަޝިޔާއަށް އަރައިފި.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގެން ހަނގުރާމަ ކުރަމުންދަނިކޮށް ކުއްލިއަކަަށް ޔޫކްރޭންގެ ހަނގުރާމަމަތީ ސިފައިންގެ ލަޝްކަރުތައް މޮސްކޯ އާއި އިންވެގެން އޮންނަ އަވަށްތަކަކަށް އަރައިފިއެވެ.

ޚަބަރުތައް ލިބޭގޮތުގައި ޔޫކްރޭންގެ އެތައް ހާސް ޓްރޫޕެއް ވަނީ ރަޝިޔާގެ އެތެރެއަށް ވަދެފައެވެ. އަދި ރަޝިޔާ ސިފައިންގެ ގިނަ ބަޔަކު އަމާންދީފައި ވާކަމަށެވެ. މިއީ މުޅި ދުނިޔެއަށް ވެސް ލިބިގެންދިޔަ ހައިރާންކުރުވި ޚަބަރެކެވެ. އެހެނީ ކުރިން ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައި ވަނީ ރަޝިޔާއިން ބޭނުންވެއްޖެ ނަމަ އެއް ހަފުތާގެ ތެރޭގައި މުޅި ޔޫކްރޭން ފަތަޙަކުރެވޭނެ ކަމަށާއި، މަޑު މަޑުން ކުރިއަށް ގެންދަނީ ދެފަރާތައް ވެސް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމަށެވެ.

ކުއްލިއަކަށް ޔޫކްރޭންގެ ލަޝްކަރުތައް ރަޝިޔާގެ ސަރަޙައްދުތަކަށް ވެދެގަތުމާ ގުޅިގެން ރައީސް ޕޫޓިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ޔޫކްރޭން ލަޝްކަރުތައް މޮސްކޯ އާއި އިންވެގެން އޮތް ސަރަޙައްދުތަކުން ފައިބަން އެދޭކަމަށާއި އެގޮތަށް ޢަމަލުކޮށްފި ނަމަ ޙަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލާނެ ކަމަށެވެ.

މޮސްކޯއިން ކަށަވަރު ކޮށްދޭ ގޮތުގައި ޔޫކްރޭންގެ ލަޝްކަރުތައް ރަޝިޔާގެ ތެރެއަށް ވެދެގަތުމުގެ ތެރޭގައި ބަދަލުކުރެވުނު ޙަމަލާތަކުގައި ރަޝިޔާގެ 498 ސިފައިން މަރުވެފައި ވާކަމަށެވެ. އަދި ގިނަ އަދަދެއްގެ ހަނގުރާމަ މަތީ އުޅަނދުތައް ހަލާކުވެފައި ވާކަމަށެވެ.

© 2023 milauthuru. All rights reserved.