silhouette of person's hands forming heart

އައިޝަތު ވަޙީދާ

ލޯތްބަކީ ވާ އެއްޗެއް ނޫން، ވެވޭ އެއްޗެކެވެ.

ލޯތްބަކީ ހަމަ ކޮންމެ އިންސާނަކު ބޭނުންވާނެ ޒަރޫރަތެކެވެ. ލޯތްބަކީ އެކި މީހުންނަށް އެކި ވަރަށް ލިބޭ އިހުސާސެކެވެ. އަދި ލޯތްބަކީ ކުއްވެރިވާނެ އެއްޗެއް ވެސް ނޫނެވެ. އޭގެ ފުރިހަމަ އަސާސަކީ ލޯތްބަކީ  ވާއެއްޗެއް ނޫނެވެ. އެއީ ވެވޭ އެއްޗެކެވެ. އިޚްތިޔާރަކާ ނުލާ އަށަގަންނަ ފުން އިހުސާސެކެވެ.

ލޯތްބަކީ އިންސާނާގެ ހިތަށާއި ޙިއްސުތަކަށް ވަސްވާސްދޭ ތަކުލީފެއްގެ ގޮތުގައި ޤައިދުކުރެވިގެން ނުވާނެއެވެ. މީގެ މުރާދަކީ ލޯތްބަކީ ހިތަށާއި ފިތަށް ވަސްވާސްދޭ އެއްޗެއް ނޫނެވެ. އަދި އެކަމަކުން ހިތަށް އަރާމެއް އިހުސާސް ނުވާ ނަމަ، ލޯބީގައި އުފަލެއް ނެތެވެ. އެހެން ނަމަވެސް، އަނެކާއަށް ތަކުލީފު ޖެއްސުމެއް ނެތި ބަރުދާސްތު ކުރެވެން ވާނެއެވެ.

ލޯތްބަކީ ތިބާއަށް އެހެން މީހަކު ދެކެ ވެވޭ އެއްޗެކެވެ. އެހެންކަމުން ޙަޤީޤީ ލޯތްބަކަށް ދަރަޖަކުރުމުގައި ދެފަރާތަށް ވެސް އުފަލާ އަރާމް އިހުސާސް ކުރެވޭ މިންވަރަށް ބެލިދާނެއެވެ. އަދި ލޯބިވެވެނީ އެކަކަށް ކަމުގައި ވާނަމަ، އެއީ ބުރަދަނެއް ނެތް ހުސް ލޯތްބެކެވެ.

ލޯބިވާނަމަ އަބަދު ގުޅާ މެސެޖުކޮށް، އިޝްްޤީ ގުޅުންތައް ބަދަލުކުރެވެން ޖެހޭ ހެއްޔެވެ. މީހަކާ ދޭތެރޭގައި އަބަދު ޚިޔާލުކޮށް ފިކުރުކުރެވޭ ނަމަ އެއީ ލޯބި ވެވިއްޖެ ކަމުގެ އަލާމާތެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. އެހެން ނަމަވެސް ލޯބިވާކަން ބަޔާންކޮށްދިނުމަށް އިޝްޤީ ގުޅުންތަކާއި، ދިގު ފޯންކޯލްތަކާއި، ހުއްޓުމެއް ނެތް މެސެޖުތައް ފޮނުވުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ.

© 2023 milauthuru. All rights reserved.