މިލައުތުރު

ހަރުދަނާ ތަރުބިއްޔަތު ލިބިދެނިވި ޖީލެއް ބިނާކުރުމަށް ސްކޫލްތައް ސިޔާސީ ކުރުން ހުއްޓާލަން ޖެހޭ.

ދިވެހިރާއްޖޭގެ ސްކޫލުތަކަކީ ޒަމާނުންސުރެ ސިޔާސީ ކަންކަމާ ދުރުގައި އޮންނަ ތަޢުލީމީ އިދާރާއެއް ކަމުގައި އޮތް އޮތުން މިއަދު މިވަނީ ނިމި ގޮސްފައޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. އަދި މީގެ ތެރެއިން ވެސް ބައެއް ރަށް ރަށުގެ ސްކޫލްތައް ވަކިން ބޮޑަށް ސިޔާސީ ހަރަކާތްތަކުން ޚަރާބުވަމުންދާ ތަން ފެނެއެވެ.

މުދައްރިސުންނަކީ މުޖުތަމައުގައި އިހުތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައި ދެމި ތިބުމަށް، އެބައި މީހުންނީ ނަމޫނާ ބައެއްގެ ގޮތުގައި ފެންނާން ޖެހެއެވެ. މުދައްރިސުން ސިޔާސީ ޖަޒުބާތުގައިި ޖެހިގެން އުޅޭތަން ދަރިވަރުންނަށް ފެނުމަކީ އެކަމުގެ ނޭދެވޭ އަސަރު އެކުދިންނަށް ކުރާނެ ކަމެކެވެ. އިޖުތިމާއީ ފޭރާން ހަލާކުވާ މައިގަނޑު އެއް ސަބަބަކީ އެއީ ކަމުގައި ވުމަކީ ނާދިރުކަމެއް ނޫނެވެ.

ސްކޫލް ޓީޗަރުންގެ ތެރޭގައި ތިބޭ އެންމެ ދުވަސްވީ ތަޖުރިބާކާރު އެދުރުންގެ ފަރާތުން ސިޔާސީ ހައްދުފަހަނައެޅުމުގެ އަަމަލުތައް ފެންނަކަމީ އަދު ޤަބޫލުކުރާންޖެހޭ ޙަޤީޤަތެކެވެ. އަދި އެކަންކަމުގެ ނޭދެވޭ އަސަރު ދިވެހި މުޖުތަމައުން ފެންނަނީ ވެސް މަދެއްކޮށް ނޫނެވެ. އަދި ޒުވާން ޖީލު ތަރުބިއްޔަތު ކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ކޮނޑުއަޅައިގެން ތިބި އެދުރުންގެ ފަރާތުން ފެންނާން ނުޖެހޭ މަންޒަރުތަކާއި، އިވެން ނުޖެހޭ އަޑުތަކެއް އިވެމުންދާކަމީ ވެސް ޙަޤީޤަތެކެވެ.

ސްކޫލްތަކުގައި ފާޅުގާ ނުވަތަ ސިއްރިޔާތުގައި ވިޔަސް ސިޔާސީ މަސައްކަތްތައް ކުރުމަކީ ޚުދު ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ވެސް ބޭނުންވާނެ ކަމެއް ނޫނެވެ. އަދި ވަކިން ޚާއްސަކޮށް އެކުދިންގެ އެދުރުން ސިޔާސީވެ، ޒާތީވެ، ހަސަދަވެރިވެގެން އުޅޭތަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. އެއީ އެކުދިންގެ ހިތުގައި އޮންނަ ލޯތްބާ އިހުތިރާމެއްގެ ބޮޑު ކަމުންނެވެ. ހިތާމައަކީ ބައެއް މުދައްރިސުންގެ ފަރާތުން އެނޫން ކަމެއް ނުފެންނަ ކަމެވެ.

10 Replies to “ހަރުދަނާ ތަރުބިއްޔަތު ލިބިދެނިވި ޖީލެއް ބިނާކުރުމަށް ސްކޫލްތައް ސިޔާސީ ކުރުން ހުއްޓާލަން ޖެހޭ.”

  1. މުދައްރިސު

    ސިޔާސީ މީހުން ގައުމު ހަލާކު ކުރަމުން ދާއިރު . ގައުމުގަ ހުރި ބޮޑެތި މަސައްކަތަކަށް ދަރިވަރުންގެ ލޯ ހުޅުވާލަދޭންޖެހޭ. ދަރިވަރުންނަކީ ގައުމުގެ މުސްތަގުބަލަކަށް ވުމުން އެކުދިން ގައުމުގެ ކަންކަމަށް ހޭލުންތެރި ގައުމުދެކެ ލޯބިވާ ދަރިވަރުންނަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ. ރައްޔިތުންގެ ހައްގުތައްގެއްލިގެން ދާއިރު އެވާހަކަ މުދައްރިސުން ދައްކަންޖެހޭ. ގައުމަށް ވަފާތެރި ދަރިން ކުރުމަށްޓަކާ މިހާރު ކުރެވޭ ނޭއްގާނީ ކަންކަން ކިޔާދީ ދަރިވަރުންގެ ލޯ ހުޅުވަންޖެހޭ. ޗމމުދައްރިސުން ހައްގު ބަސް ބުނަންޖެހޭ. ބޭސްފަރުވާ ނުލިބެންޏާ އެވާހަކަ ދައްކަންޖެހޭ. ދައުލަތުގެ ހަޒާނާއިން ވައްކަން ކުރާނަމަ އެވާހަކަ ދައްކަންޖެހޭ.

  2. Sheikh

    varah gina schoolthah othee varah bodah siyaasee vabaigaa jehifaa

  3. ރޯނު އެދުރު

    ރައްޔިތުން ނިކަމެތިވީމާ ވާގޮތް

  4. ސާޖިދާ

    varah baraabaru hageegy vaahaka eh

  5. ހަލީމް

    100 ގެ ވާހަކައެއް. އެެއްވެސް ދޮގެއް ނެތް.

  6. މަސްމާރުކޭޓް

    ތިޔަކަހަލަ ވާހަކަތައް ކަލޭމެން އަބަދުވެސް ލިޔާނަމައޭ ހިތަށް އަރާ.

  7. މިރަށް

    މައްސަލައަކީ ޕާޓީއަށް ގޮސް މަރުދަންޖެހޭތީ. މީހުންނަށް ގަސްދުގާ އަނިޔާ ދޭތީ. މިރަށު ސްކޫލްގައި ހުރި ޕުރިންސިޕަލް ވެސް އުޅެނީ ބައެއް މީހުންނާ އަޅައިގަނެގެން ނުނެއްޓިގެން.

  8. ސަލީމްބެ

    މި ސިޔާސީ ޕާޓީތައް ވެއްޖެ އުވާލަން ބޮޑު ބަލާއެއް! އަމައެއް ބަފައެއް ވަކިނުވާ ހިސާބަށް ދާ ކަމެއް….

  9. ސަމާސާ މޫސަ

    ތިޔަ ޓީޗަރުންނަށް ކުރާ އިހުތިރާމެއް އެބޮ އޮތްތަ. އުޅޭގޮތުން އަހަރެމެން ތިބެނީ ފަކުރު ހީވެފައޭ.

  10. ގައްދޫ ކެޔޮޅުބެ

    އެންމެ ހަޑިކޮށް އުޅެނީ މިހާރު ތިޔަ ޓީޗަރުންތައް. މުސާރަ ބޮޑު ކުރީމަވެސް ހިތެއް ނުފުރުން ސިޔާސީ ރަންޑިންނަށް ވެގެން ދުވަނީ މަޖިލިސް މެންބަރުން ފަހަތުން ވަރަށް ލަދުވެތިކަމެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި