އުސްތާޛް ޒަކީ

ކާބޯތަކެތި ވެއްދޭނެ އެއްވެސް ގޮތެއް ނެތް، ޣައްޒާ ބަނޑަށްޖެހިއްޖެ.

އިސްރާޢީލްގެ އަނިޔާވެރިކަމުގައި އެމީހުން ނުކުރާނެކަމެއް ނެތްކަމާއި، ޣައްޒާގެ ބިންކޮޅުގެ ދަހިވެތިކަމުގައި އެއްވެސް ކުށެއް ނެތް މުސްލިމުންކޮޅު ޝަހީދުކޮށް ނިންމާ އެލަނީ އަަހަރެމެން އެންމެންގެ ވެސް ލޯކުރިމަތީގައެވެ.

މަތިން ބޮންއަޅަމުން ބިމުން ޙަމަލާދެމުން، ޖެހުނުހާ މީހަކު ޝަހީދުކުރަމުން ދިއުމުގެ އިތުރުން ޣައްޒާއަށް ކާބޯތަކެއްޗާ ބޯފެން ވެއްދުމަށް އޮތް ހުރިހާ މަގެއް ވެސް ވަނީ ބަންދުކޮށްފައެވެ. އެހީދޭ ޖަމާޢަތްތަކުން ކާބޯތަކެއްޗާ ބޭސް ވަރުވާއަށް ބޭނުންވާ ސާމާނު ހިފައިގެން ގޮސް ބޯޑަރު ހުރަސް ފުރުޞަތެއް ލިބޭތޯ 4،000 އަށް ވުރެ ގިނަ އުޅަނދު ލައިން ހަދައިގެން އެބަ ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.

ބަނޑުހައިހޫނުކަމުގެ ސަބަބުން އިއްޔެގައި އެކަނި 57 މީހުން ޝަހީދުވެފައި ވެއެވެ. މިއީ އިސްރާޢީލުންގެ ނުބައި ރޭވުމުގެ ދަށުން ގަސްދުގައި ކުރާ ކަމެއްކަން މުޅި ދުނިޔެއަށް ވެސް އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަޤީންވެއެވެ. އަދި އެންމެ ހިތާމަވެރި ކަމަކީ ޣައްޒާގެ ވަށައިގެން ވަނީ އެކަށް ވެސް މުސްލިމް ޤައުމުތަކެވެ.