މިލައުތުރު

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް ފައިނަލްގައި ރާއްޖޭގެ ޤައުމީ ޓީމުން ކުރި ހިތްވަރަށް އައްސަރިބަހާ ސާބަސް!

ކާވާ ވިމެންސް ޗެލެންޖް ކަޕް ފައިނަލްގައި މިރޭ ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗްގައި ދިވެހިރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ކުރި ހިތްވަރާ މޮޅު ކުޅުމަށް އައްސަރިބަހާ ސާބަސް ޙައްޤުކަން ކަށަވަރެެވެ. މުބާރާތުގެ ޗެމްޕިއަންކަން ނުލިބުނަސް ދިވެހި ޤައުމީ އަންހެން ވޮލީ ޓީމުން ދިވެހީންގެ ހިތްތައް އަތުލައިފިއެވެ.

ފައިނަލް މެޗްގައި 3 ސެޓް 2 ސެޓްގެ ނަތީޖާ އަކުން ޗެމްޕިއަންކަން ހޯދީ ކިރިގިސްތާނެވެ. ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗްގައި، ދިވެހިރާއްޖޭގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. އަދި ރާއްޖޭގެ ޓީމުން ކުރި ހިތްވަރަށް ސަޕޯޓަރުންގެ ތައުރީފް ވަނީ ބަންޑުންކޮށްލާފައެވެ.

ބައެއް މީހުން ބުނިގޮތުގައި ފައިނަލް މެޗުން ބަލިވިޔަސް ދިވެހި ކުޅުންތެރިންގެ ހިތްވަރާ މޮޅު ކުޅުން ފެނިފައި ވަރަށް އުފާވެއްޖެއެވެ. އެހެންކަމުން ޤައުމީ ވޮލީ ޓީމުން ކުރި ހިތްވަރަށް ސާބަސް ޙައްޤުކަމަށާއި، ބަލިވި ނަމަވެސް ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

© 2023 milauthuru. All rights reserved.