މިލައުތުރު

އެގްރޯނެޓް އުވާލުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ބެލެނިވެރި ފަރާތްކަމުގައިވާ އެމްއެފްއެމްސީއަށް އަންގަވައިފި.

ރާއްޖޭގެ ރަށްތައް 5 ސަރަޙައްދަކަށް ބަހާލަައިގެން 45 ރަށެއްގައި ދަނޑެރިކަމުގެ މަސައްކަތްތައް ކުރަމުންގެންދިޔަ ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނިކަމުގައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އުވާލެއްވުމަށް 1 ސެޕްޓެމްބަރު 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތަށް އެކަންތައް އިންތިޒާމް ކުރެއްވުމަށް އެކުންފުނީގެ ބެލެނިވެރި ފަރާތްކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ޕީސީބީން އަންގަވައިފިއެވެ.

ސަރުކާރުގެ ކުންފުނިތައް ހަރުދަނާކޮށް އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި އަނެއްބައި ކުންފުނިތައް އެއްކޮށްލުން ހިމެނެއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަކީ 180 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެކެވެ. އޭގެތެރޭގައި އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގައި ވެސް އެތަކެއް ދާއިމީ މުވައްޒަފުންނެއް ތިބޭކަމަށް ވެއެވެ. އެހެންކަމުން އެއްވެސް ފައިދާއެއް ނުވެ، ބޮޑު ގެއްލުން ވަމުންދާތީ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިޔަން ރުފިޔާއެއް ޒަރޫރަތްތައް ހަމަޖެއްސުމަށް ދޫކުރަން ޖެހެއެވެ.

މިހިނގާ ބަދަލުގެ މަރްޙަލާގައި އައު އެއްވެސް ކަމަކަށް އިސްވެސްޓް ނުކުރުމަށާއި، ހަރުމުދާ ނުގަތުމަށާއި، ކޮންމެހެން ކުރަންޖެހޭ ޚަރަދެއްގެ އިތުރުން އެއްވެސް ޚަރަދެއް ނުކުރުމަށާއި، ތަނުގެ ހިންގުން ހީނަރުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި، އައު މަޤާމެއް ނޫފެއްދުމަށާއި، އައު މުވައްޒަފުން ނުނެގުމަށާއި، ހުސްވާ މަޤާމުތަކަށް މީހުން ނުނެގުމަށާއި، މުވައްޒަފުން ވަކިނުކުރުމަށާއި، މަސައްކަތްކުރާތަން ބަދަލުނުކުރުމަށާއި، މުސާރައާ އިނާޔަތްތައް ބަދަލުކޮށް ޕްރޯޝަންތައް ނުދިނުމަށް ޕީސީބީން ވަނީ އަންގަވާފައެވެ.

ބައެއް އިންވެސްޓްމަންތަކުގެ ގޮތުގައި 10 މިލިޔަން ރުފިޔާގެ އަގުހުރި މުޅިން އައު މުދާ އުފުލާ ބޯޓަކާއި، 9 ޑިސްޓްރިބިއުޝަން ސެންޓަރާއި، 11 ކޯލްޑް ސްޓޯރޭޖް ސިސްޓަމާއި، އެތައް މިލިޔަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ފަޅުރަށްތަކާ ރީޖަނަލް އޮފީހެއް ހުންނަކަމަށް ވެއެވެ.

© 2023 milauthuru. All rights reserved.