topless man lying on green grass field

އައިޝަތު ވަޙީދާ

ސޯޝަލް މީޑިޔާގައި ރޮނާލްޑޯ ފޮލޯކުރާ މީހުންގެ އަދަދު 1 ބިލިޔަނަށް!

ސޯޝަލް މީޑިޔާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮލޯކުރާ މީހުންގެ އަދަދު އެއް ބިލިޔަނަށް އަރާ އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެތްލީޓްގެ ގޮތުގައި ތާރީޚްގައި ލިޔެވުމުގެ ނަޞީބު އޭނާއަށް ލިބިއްޖެއެވެ.

އެއް ބިލިޔަން ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ނެރެފައިވާ ބަޔާނުގައި އޭނާ ބުނެފައި ވަނީ އެއީ ހަމަ އެކަނި ނަންބަރެއް ނޫންކަމަށާއި، އެއީ އެކުގައި ކުރެވުނު ހިތްވަރާ އަޒުމާއި ކުޅިވަރަށް އޮތް ލޯބީގެ އަގުހުރި ނަތީޖާ ކަމަށެވެ. އެގޮތުން މަގުމަތީގެ ފަޤީރުކަމުން ގޮސް ދުނިޔޭގެ އެންމެ ބޮޑެތި ސްޓޭޖްތަކަށް އާދެވުމަކީ ފަޚުރުވެރި ކާމިޔާބެއް ކަމަށާއި، އޭނާ އަބަދުވެސް ކުޅެމުން ގެންދިޔައީ އޭނާގެ އާއިލާއަށާއި، ސަޕޯޓަރުންނަށްޓަކައި ކަމަށެވެ.

އަދި ކުޅިވަރުގެ ޙަޔާތުގައި ދިމާވި އަޑިގަނޑުތަކާއި އުސްގަނޑުތަކުގައި އޭނާގެ ސަޕޯޓަރުން އެކުގައި ތިބީތީ އެކަމަށް ޝުކުރު އަދާކުރަމުން ބުނެފައި ވަނީ މިއީ އެންމެން އެކުގައި ކުރި ދަތުރެއްް ކަމަށާއި، ކާމިޔާބީ އަކީ ވެސް އެންމެންގެ ކާމިޔާބީއެއް ކަމަށެވެ.

ރޮނާލްޑޯގެ ނަން ފަނޑުކޮށްލަން މީޑިޔާތަކުން ކުރި ހުރިހާ މަސައްކަތްތަކެއް އަދި އެކި އެކި ފަރާތްތަކުން ކުރިމަތި ކުރުވި ހުރިހާ ހުރަސްތަކެއް ގިރާކޮށް އޭނާ ދިއުމުން މިހާރު އެންމެން ވަނީ ކަނޑި ބާއްވާފައެވެ. އަދި އެހުރިހާ ފަރާތްތަކަކުން ވެސް މިހާރު މަސައްކަތް ކުރަނީ ރޮނާލްޑޯގެ ކާމިޔާބީގައި ޙިއްސާވުމަށާއި، އެކަމުން މަންފާއެއް ހޯދޭތޯއެވެ.

© 2023 milauthuru. All rights reserved.