މިލައުތުރު

50 މިލިޔަން ރުފިޔާ ފޭރުނު ޒާޖީގެ ޚަބަރެއް ނެެތް، ތަޙްޤީޤަށް ވީގޮތެއް ނޭނގޭ!

ރާއްޖެއިން ބޭރުން ކާރު އެތެރެކޮށްދީ ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާ ޙީލަތުން 50 މިލިޔަން ރުފިޔާ ފޭރުމަށް ފަހު ފިލައިގެން ރާއްޖެ ދޫކޮށްދިޔަ ޒާޖީ ސުޖާއުގެ ތަޙްޤީޤު ފެށުމަށް ފަހު އިތުރު އެއްވެސް މަޢުލޫމާތެއް މިހާތަނަށް މީޑިޔާތަކާ ޙިއްސާކުރައްވާފައެއް ނުވެއެވެ.

މޯލްޑިވްސް ވޭވްގެ ވެރިޔާ ޒާޖީގެ ފަރާތުން ގެއްލުން ލިބުނު ފަރާތްތަކަށް ކާރުތައް ރަޖިސްޓަރީ ނުވެ، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ޓޯކޮށް، ޖޫރިމަނާކޮށް އިތުރު ގެއްލުންތައް އެފަރާތްތަކަށް ދަނީ ލިބެމުންނެވެ. ތަޙްޤީޤެއްކޮށް ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ހޯއްދަވައިދެއްވުމެއް ނެތި އެމީހުންގެ ރިހޭފައި މައްޗަށް ފޮއި ވައްޓާލަނީއެވެ. ބައެއް މީހުން އެތަނުން ކާރު ގަނެފައި ވަނީ މާލޭގައި ޓެކްސީ ކުރުމަށެވެ. އޭގެ ތެރޭގައި މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންނާއި، ލޯނުތައް ނަގައިގެން ފައިސާ ދެއްކި ފަރާތްތައް ވެސް ހިމެނެއެވެ. އެފަރާތްތަކަށް މިއަދު އޮތީ އިތުރު ތަކުލީފާއި ހިތްދަތި ކަމެވެ. ފުލުހުންނަށް އޮތީ ޓޯކުރުމާއި، ޖޫރިމަނާ ކުރުމެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ޙައްޤުތައް ކަށަވަރުކޮށްދެއްވުމުގެ ޤާބިލްކަން އެޚިދުމަތުގައި ނެތްފަދައެވެ.

ޗާނދަނީމަގުގައި ހުންނަ މޯލްޑިވްސް ވޭވް ގަޑި ފިހާރަ މިހާރު ހުރީ ބަންދުކޮށްފައެވެ. ތަޙްޤީޤު ފެށި ވާހަކަ އާއި އެތައް މިލިޔަން ރުފިޔާގެ ޚިޔާނާތް އެކުލެވޭކަމަށް މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް ފަހު ދެން އިތުރު ކުރިއެރުމެއް އެ ތަޙްޤީޤަށް ލިބުނުކަމެއް ވެސް ނުލިބޭކަމެއް ވެސް ނޭނގި މިހާރު ވަނީ އަޑު ކެނޑިފައެވެ.

One Reply to “50 މިލިޔަން ރުފިޔާ ފޭރުނު ޒާޖީގެ ޚަބަރެއް ނެެތް، ތަޙްޤީޤަށް ވީގޮތެއް ނޭނގޭ!”

  1. ހައިވަކަރު

    އިސްކަންދަރު ސްކޫލު ކައިރީ ކްރޭވްސް ނަމުގައ ކެފޭ ހިންގީ މި ކަލޭގެ. މި ހާރުވެސް ހަންގްރީ ބާޑްސް ނަމަށް ނަން ބަދަލުކޮށްގެން އެބަ ހިންގާ. ބޮއިކޮޓްކުރޭ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.