މިލައުތުރު

އެނގޭތޯ ބޮލީވުޑްގެ އެންމެ މުއްސަނދި އަންހެން ތަރިއަކީ ޖޫހީ ޗައުލާ…

އިންޑިޔާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި އަންހެން ތަރިންގެ ތެރެއިން އެންމެ މުއްސަނދި ތަރިއަކީ ޖޫހީ ޗައުލާކަން ހާމަވެއްޖެއެވެ. ހުރޫން އިންޑިޔާ މުއްސަނދިންގެ ލިސްޓް 2024 ގައި ވާގޮތުން އިންޑިޔާގެ އެންމެ މުއްސަނދި އަންހެން ފިލްމީ ތަރިއަކީ ޖޫހީ ޗައުލާއެވެ. އޭނާގެ މިލްކިއްޔާތުގައި 554 މިލިޔަން އެމެރިކާ ޑޮލަރު ހުރިކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މިއީ ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ވިދަމުން އަންނަ ދީޕިކާ ޕަދުކޯނީ އާއި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިންނަށް ވުރެވެސް މަތީ ދަރަޖައެކެވެ. އެހެންކަމުން ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިއަކީ ޖޫހީކަމަށް ގިނަ ބަޔަކު ދެކެއެވެ. މިހާރު ފިލްމު ކުޅުމުން ދުރުގާ އުޅުއްވި ނަމަވެސް އޭނާ އަކީ ކުރިން ވަރަށް މަޤުބޫލް ފިލްމީ ތަރިއެކެވެ.

ޖޫހީގެ ސަޕޯޓަރުން ރާއްޖޭގައި ވެސް ވަރަށް ގިނައެވެ. ޖޫހީގެ ލަވަތައް ބަލާފައި އުފަލުން ނެށި މީހުންނާއި، ކަރުނަ އަޅާ ރުއި އެތަކެއް ފިރިހެނުންނެއް ރަށް ރަށުން ފެނިފައި ވެއެވެ.

© 2023 milauthuru. All rights reserved.