މާލޭގައި ވަޅިން ބިރު ދައްކައި އަންހެން ކުއްޖަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ޖަލުގައި ދަންޖެހުނީ ކަމަށް ބުނެ ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ކަމަށް ނިންމި ކަމުގައި ވިޔަސް އޭނާގެ އާއިލާއިން އަދިވެސް އެކަން ޤަބޫލެއް ނުކުރެއެވެ. އެމީހުން ދެކޭގޮތުގައި އަތުހަރުގެ މަރަކީ ފުލުހުންގެ ލާއިންސާނީ އަނިޔާގެ ސަބަބުން ވީ މަރެކެވެ.
އަތުހަރުގެ ބޭބެ ވީޑީއޯ އާއެކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އަތުހަރު އެކުރީ ގޯސްކަމެއްކަމުގައި ގަބޫލު ކުރާކަމަށާއި، ނަމަވެސް ބޮލުގައި މުގުރަމުން ޖަހާ ބޯ ފަޅާލައި ސިކުނޑި ބޭރަށް ނެރެ އޭނައަށް ލިބެންވާ ބޭސްފަރުވާ ފުރިހަމައަށް ނުދީ އަވަސްއަރުވާލީ އޭނާ ގަސްތުގައި މަރާލުމުގެ ބޭނުމުގައި ކަމަށެވެ. އޭނަގެ ބޮލުގައި މުގުރުން ޖެހި ޖެހީނުން ބިންމައްޗަށް ވައްޓާލުމަށް ފަހުވެސް ޕޮލިހުން ބޫޓުން ބޮލުގަ އާއި މޭގައި ތަޅާ މަންޒަރު ހުރިހާ އެންމެނަށްވެސް ފެންނާނެ ކަމަށެވެ.
ތަސްމީން އިތުރަށް ބުނެފައި ވަނީ ނުރައްކާތެރި މީހެއްގެ ވަކިތަކުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވާން ހެޔޮގޮތެއް އޮއްވާ އޭނާގެ ބޮލުގަ މުޖުރުންޖަހާ ވައްޓާލައި އެތައް ބަޔަކު އޭނާގެ ބޮލުގަ ތަޅާ ސިނކުޑި ނެރެލާ ހެދުމަކީ ފުލުހުންނަށް ދީފައިވާ ބާރުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރުން ނޫންކަމަށެވެ. އެއީ ގަސްދުގައި އޭނާ މަރާލުން ކަމަށެވެ. އޭނާ ސިފަކޮށްފައިވާ ގޮތުގައި އެއީ “ކޯލްޑް ބްލަޑް މާޑާ” އެކެވެ. ޔައުނީ އަނިޔާވެރި ކޮށް ބޭރަހުމްކޮށް މަރާލި މަރާލުމެއް ކަމަށެވެ. އަދި 25 ޓޭޒާގަން ގަނެ އެކަމަށް ސާޖަންޓް ފެންވަރުގެ 20 އޮފިސަރުން ތަމްރީނު ކުރީ ކީއްކުރަންތޯ ސުވާލު އުފައްދާފައި ވެއެވެ.
ވީޑިއޯއިން ފެންނަގޮތުގައި އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމުން ބޯފަޅައިގެން ގޮސް ވަރަށް ބައިވަރު ލޭ ފައިބަމުންދާ މަންޒަރު ފެނެއެވެ. އަދި އަދި އަތުހަރުގެ ބޭބެ ތަސްމީން އެބުނާ ފަދައިން ބޮލުގެ ބައިތައް ބޭރަށް ނިކުމެފައި ވާހެން ވެސް ހީވެއެވެ. އެހެން ފުލުހުން އޭނާ ހިއްލާލައިގެން ގެންދާ އިރު އެކަލު ބޮލުގައި އަތްއަޅައި އިތުރަށް ބޭރަށް ބައެއް ނުފައިބާ ގޮތައް ހިފެހެއްޓޭތޯ މަސައްކަތްކުރާތަން ފެނެއެވެ.
އަންހެން ކުއްޖާ އަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކުއްޖެކެވެ. އަދި އެ އަންހެން ކުއްޖާ އުޅުނީ އަތުހަރާއެކު ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި އޭނާ އާއި ޒުވާބު އުފެދުނީ ދިރިއުޅޭތަނުގެ ކުއްޔާ މެދުގައ ކަމަށް ވެއެވެ. އަދި މައްސަލަ ހޫނުވެ ގަޔަށް އަތްލާ ހިސާބަށް ދިއުމުން އަންހެން ކުއްޖާ ފުލުހުންގެ އެހީއަށް އެދުނީކަމަށް ވެއެވެ.
5 Replies to “އަތުހަރުގެ ބޭބެގެ އަސަރު ގަދަ ފޭސްބުކް ޕޯސްޓެއް ވީޑިއޯ އާއެކު…”
Aishath
Kuyyeh kiyaagen kanda elhigen ehadhany dhogu
ނާނާ
ސިކުނޑި އެއްނިކުމެފަކާނެތްތިޔާދޮގެއް ސިކުނޑި އޮއްނަތަނުގައެއްނޫނޭޖެހީކީވެސްތިބޭބެއަށްމިއަދުއެސޮރުވަރެއްނެތޭނުއް އެދުވަހުއެހެއްނެހެދިނަމައެއަންހެއްމީހާކަރު އެވަގުބުރިކުރީސް އެހެދީހަމަރަގަޅަށޭ އެހެއްއުޅެއްއުޅޭވަހުއްނަން
ފިޒާން
ބޮޑު ޑިޕާޓްމެންޓް އަކުން ނަގާފަ އެވަނީ ރަގަޅު އެކްޝަނެއް ނޫން . ސަބަބަކީ މީ އިންސާނުން ދެ ފަރާތަށް ވެސް އަނިޔާ ނުވާ ގޮތަށް އެ މިޝަން ޖެއްސޭނެ. ސީނުން ފެނިގެން ދަނީ ވަކި މީހަކު ސަލާމަތަށް ފިޔަވަޅު އަޅާފަވާ މަންޒަރު . ކުއްކުރާ މީހުންނަށް ދޭން ޖެހޭ އަދަބުތައް ވަނީ ކަޑަ އެޅިފަ. އަހުތަރު އައް ދީފަ ވަނީ ބޮޑު އެޓޭކް އެއް ސީދާ މަރާލަން .
ސޔމ
އަހުތަރަށް އަނިޔާދިނީ ގަސްދުގައި ރާވާގެންކަމަށް ގިނަ މީހުންގެ މަޢުލޫމާތުން އިނގޭ
Ingey meehaa
Beybe ah nubelunehnu . Mugurun jahaa vattaali iruga dhen huri kujjaa kairyga valhi dhamaalithan nufennaneetha . Edhuhu ekujjaa maruvi Nama thiya anga eh naaruvaane
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި