މިލައުތުރު

ފަރީދު ހޯދުމުގައި ބަނގްލަދޭޝް އާއި އިންޑިޔާ މީހުންގެ އެހީ ހޯދަނީ…

އައްޑޫ ހުޅުދޫއިން ގެއްލިގެން ހޯދާ ފަރީދު އަދިވެސް ނުފެންނަކަމަށާއި، ފަރީދު ހޯދުން ހުއްޓައިނުލާ ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިހާރު އައްޑޫގައި ދިރިއުޅޭ ބަނގްލަދޭޝް މީހުންނާ އިންޑިޔާ މީހުންގެ އެހީތެރިކަން ހޯދުމަށް ހިންދީ ބަހުންނާ ބަންގާޅުބަހުން ޕޯސްޓަރުތައް ހަރުކުރަމުންދާކަމަށް ހުޅުދޫން މަޢުލޫމާތު ދެއެވެ.

ފަރީދު ހޯދުމުގެ މަސައްކަތަށް ދެ ދުވަސް ވެގެންދާއިރު ވެސް ފަރީދުގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް ފަރީދުގެ ބެލެނިވެރި ފަރާތުން ފަރީދު ހޯދުން ހުއްޓައެއް ނުލައެވެ. ތަފާތު އެތަކެއް އިނާމްތަކެއް ވެސް ވަނީ ފަރީދު ހޯދަދިން ފަރާތަކަށް ހުށަހަޅާފައެވެ.

މިވަގުތު މުޅި ރާއްޖޭގެ އެންމެންގެ ނަޒަރު ހުއްޓިފައި އޮތީ ފަރީދު ހޯދުމުގެ މަސައްކަތަށެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ފަރީދުގެ ނަން ވަނީ ގުގުމާލާފައެވެ. އަދި ފަރީދު ހޯދުމަށް އެހީތެރިވުމުގެ ގޮތުން ޕޯސްޓްތައް ޙިއްސާކުރަމުން އެބަ ގެންދެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ހިންގޭ މިފަދަ އެންމެ ބޮޑު ސާޗް އޮޕަރޭޝަން ކަމުގައި ބެލެވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.