ގެނީލިޔާ އާއި ރިތޭޝް ދޭޝްމުކް ވެފައި ވަނީ ބޮލީވުޑްގެ އެންމެ ލޯބި ދެމަފިރިންނަށެވެ. އެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރި ނަމަވެސް އެ ދެމީހުން ވެފައި ވަނީ އާއިލީ ގުޅުންތައް ދެމެހެއްޓުމުގައްޔާއި ދަރިންގެ ކަންކަން ބެލެހެއްޓުމުގައި މުޅި ދުނިޔެއަށް ރީތި ނަމޫނާއަކަށް ވެފައެވެ.
އެ ދެމަފިރިންގެ ލޯބީގެ ގުޅުން ފެށިފައި ވަނީ ވެސް ފިލްމެއްގެ ޝޫޓިންގެ ތެރޭގައެވެ. ލޯބިވާކަން ބަޔާންކޮށްދިނުމަށް ރިތޭޝް ލަވައެއް ކިޔައިދީފައި ވާކަމަށް ވެއެވެ. އޭގެ ފަހުން ލޯބީގެ ގޮތުން ގުޅިގެން ވެސް ވަރަށް ރީތިކޮށް އުޅުމަށް ފަހު، ޒަވާޖީ ޙަޔާތަށް ފެށިއެވެ. މިހާރު އެެ ދެމަފިރިންނަށް ދެކުދިން ލިބިފައިވާއިރު، އެމީހުންގެ ލޯތްބާއި އިޝްޤީ އުފާވެރި ގުޅުމަށް އެއްވެސް ހީނަރުކަމެއް ފަނޑުކަމެއް އައިިސްފައެއް ނުވެއެވެ. އެމީހުން ބުނާގޮތުގައި ކޮންމެ ދުވަހަކު ވެސް ދެމަފިރިންގެ ލޯބި އެތައް ގުނައަކަށް އިތުރުވެއެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެދެމަފިރިންގެ ދެމެދުގައި ދުވަހަކު ވެސް މައްސަލައެއް އުފެދިފައެއް ނުވެއެވެ. އަދި އެފަދަ ޝައްކެއް އުފެދުމަށް އެމީހުން ފުރުސަތެއް ނުދެއެވެ. އަބަދުވެސް ފެންނަނީ ވަރަށް މަޖާ އުފާވެރި ދެމަފިރިންގެ ގޮތުގައެވެ. އިންޑިޔާގައި އެ ދެމަފިރިން ވެފައި ވަނީ ނަމޫނާ ދެމަފިރިންގެ ގޮތުގައެވެ. ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިކަމުގައި ވިޔަސް ނަމޫނާއަކަށް ވެވިދާނެއެވެ.
ރިތޭޝް ދޭޝްމުކް (45 އަހަރު) އާއި ގެނީލިިޔާ ޑިސޫޒާ (37 އަހަރު) އެކުގައި ކުޅޭ އަމިއްލަ ފުރަތަމަ ފިލްމު “ތުޖޭ މެރީ ކަސަމް” ރިލީޒްކޮށްފައި ވާއިރު ބެލުންތެރިން ތިބީ އެފިލްމު ބަލައިލާ ހިތުން ކެތްމަދުވެފައެވެ. ޔަޤީނުން ވެސް މަޖާވެފައި، އުފާވެރިކަމާ ލޯބި ފެނިގެންދާނެކަމަށެވެ. އެއީ ޙަޤީޤީ ލޯބީގައި މިފަހުގެ ތާރީޚެއްގައި ފެންނަ އެންމެ ރީތި އެއް މިސާލުކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.