ކަޝްމީރުގެ އިންޑިޔާ ކޮންޓްރޯލުކުރާ ޕަހަލްގަމަށް ދިން ޓެރަރިސްޓް ޙަމަލާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން އޭގެ ބަދަލެއްގެ ގޮތުގައި އިންޑިޔާ އިން ޕާކިސްތާނަށް ދިން ޙަމަލާ އަކީ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާން ފަށައިފިއެވެ.
ޕާކިސްތާނަށް ޙަމަލާދޭން ބޭނުންކުރި އެހާ ގިނަ ޖެޓްތަކާ ޑްރޯންތައް ވައްޓާލާފައިވާތީ، ތަޖުރިބާކާރުން ބުނާގޮތުގައި އެއީ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ހަނގުރާމައެއްގެ ގިންތީގައި ބަދަލުކުރެވުނު ޙަމަލާތަކެއް ކަމަށް ނުވެފައި، އިންޑިޔާގެ އަސްކަރީ އޮޕަރޭޝަން ”އޮޕަރޭޝަން ސިންދޫރު“ ގެ އެންމެ ފުރަތަމަ މަރުޙަލާގައި 5 ޖެޓާއި، 12 ޑްރޯން ވައްޓާލުމަކީ ހައިރާންވާ ވަރުގެ ބޮޑު ނާކާމިޔާބީ އެކެވެ. އެއީ ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރުގެ މާއްދީ ގެއްލުމެކެވެ.
ޕާކިސްތާންގެ އެއާފޯސް އަކީ ދުނިޔޭގައި ވެސް ނަން ލިސްޓްކުރެވޭ ކުޅަދާނަ އެއާފޯސްއެއްކަން އަނެއްކާ ވެސް އެމީހުން ކަށަވަރު ކޮށްދީފިއެވެ. ފުރަތަމަ ބުރުން ވެސް ޙަޤީޤަތުގައި އިންޑިޔާ ބަލިވެއްޖެއެވެ.
އިންޑިޔާއަށް ފާޑުކިއުން އަމާޒުވާ އަނެއް ކަމަކީ ޙަމަލާގައި 31 މީހުން މަރުވެފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ އެންމެ 4 ސިފައިން ކަމަށްވެފައި، ޙަަމަލާތައް އަމާޒުވެފައިވަނީ މިސްކިތްތަކާ މަދަރުސާތައް ކަމަށް ވުމެވެ. އެހެން ކަމުން މިއީ ނިރުބަވެރިންނާ ދެކޮޅަށް ދިން ޙަމަލާއެއް ކަމަށް ބެލެވޭކަށް ނެތެވެ.