ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް ބީ ގައި މިއަދު ބައްދަލުކުރީ އަލަސްކާ ސްޕޯޓްސް އަދި ރިޓަޔާޑް އެފްސީއެވެ. މިއަދު ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމެޗު އަލަސްކާ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-9 ލަނޑުންނެވެ. މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނެވެ. އަލަސްކާ ސްޕޯޓްސްގެ މެނޭޖަރ އަލީ ރަޝީދު ބުނިގޮތުގައި މެޗުން ބޭނުންވަނީ 3 ޕޮއިންޓެވެ. ޓީމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި މިއަދުގެ މެޗަށް ޓީމު ނުކުންނަ އިރު ޓީމުގެ މުހިންމު ކުޅުންތެރިޔެއް ނެތްކަން މެނޭޖަރ އަލީ ރަޝީދު ފާހަގަކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަލަސްކާ ޓީމުގެ ޖާޒީ ނަންބަރ 14 މުހައިމިންއެވެ. މުހައިމިން ވަނީ މިއަދުގެ މެޗުގައި 7 ގޯލު ޖަހާފައެވެ.
ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް އޭ ގައި މިއަދު ބައްދަލުކުރީ ފަހި އެފްސީ އަދި އޯ.ބީ.ޓީއެވެ. މި މެޗަކީ މި މުބާރާތުގައި މި ދެޓީމުގެ ވެސް ފުރަތަމަ މެޗެވެ. ފަހި އެފްސީ 3-2 ގެ ނަތީޖާއަކުން ކުރި ހޯދާ މިވަނީ ފެށުން ރަނގަޅުކޮށްފައެވެ. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދިޔައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފަހި އެފްސީ ޓީމުގެ ޖާޒީ ނަންބަރ 24 ތަސްމީންއެވެ. ފަހި އެފްސީއަށް ގޯލް ކާމިޔާބުކޮށްދީފައިވަނީ ތަސްމީން،ޔައިސް އަދި ރިޟްވާންއެވެ. އޯ.ބީ.ޓީ ޓީމަށް ގޯލް ކާމިޔާބުކޮށްދީފައިވަނީ މާހް އަދި ނިހާންއެވެ. މިއަދު ކުރިއަށް ދިޔަ ދެ މެޗުގެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވިފައި ވަނީ ށ.ނަރުދޫގެ ޒުވާން ދެކުޅުންތެރިކަން ފާހަގަކޮށްލަމެވެ.
ފަހި އެފްސީ އަދި އޯ.ބީ.ޓީ ބައްދަލުކުރި މެޗުގައި އޯ.ބީ.ޓީގެ ރީހާންއަށް ވަނީ އަނިޔާވެފައެވެ. މައުލޫމާތު ލިބުނު ގޮތުގައި އަނިޔާވެފައި ވަނީ ރީހާންގެ ކޮނޑަށެވެ.
ގްރޫޕް ސްޓޭޖްގެ ފޯރި ގަދަވަމުން ދާއިރު މި މުބާރާތުގެ ދެ މެޗެއް މާދަމާ ހަވީރު ވެސް ކުރިއަށްދާނެއެވެ. އެގޮތުން މުބާރާތުގެ މާދަމާ ހަވީރު 16:15ގައި ބައްދަލުކުރާނީ ފަހި އެފްސީ އަދި ޑީ.އެމް.ޓީއެވެ. މި މެޗަކީ ދެ ޓީމަށް ވެސް ގްރޫޕު ސްޓޭޖުގައި ކުރިއަށް ދިޔުމަށް ވަރަށް މުހިންމު މެޗަކަށް ވެގެންދާނެއެވެ. މާދަމާ ދެވަނަ މެޗުގައި 17:15 ގައި ބައްދަލުކުރާނީ ބީ.އެލް.ބީ އަދި ކޭޑީ ޕާކެވެ. މި މެޗުތައް ވެސް މީ އޭ މައިލޯ ފޭސްބުކް ބޭޖުން ލައިވްކުރާނެއެވެ.