ނިބްރާސް އިވާން

މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024: ކޭޑީ ޕާކު އަދި ވައިޓް ރައިޑާސް ސެމީ ފައިނަލަށް.

ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް ބީ ގައި މިއަދު ބައްދަލުކުރީ ކޭޑީ ޕާކު އަދި ރިޓަޔާޑް އެފްސީއެވެ. މިއަދު ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމެޗު ކޭޑީ ޕާކުން ކާމިޔާބުކޮށްފައިވަނީ 2-13 ލަނޑުންނެވެ. މި މެޗު ކޭޑީ ޕާކުން ކާމިޔާބުކުރީ ފަސޭހަކަމާއެކު ގިނަ ގޯލުތަކެއް ޖަހައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭޑީ ޕާކުގެ ޖާޒީ ނަންބަރ 21 އަބްދުﷲ ޞާދިޤުއެވެ. މި މެޗުގައި ޞާދިޤުވަނީ ވަނީ 4 ގޯލު ޖަހާފައެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ކޭޑީ ޕާކު މިވަނީ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފައެވެ. ގްރޫޕުގެ އެއްވަނަ ނުވަތަ ދެވަނަކަން ޔަގީން ވާނީ މާދަމާ އަލަސްކާ ސްޕޯޓްސް އަދި ބީ.އެލް.ބީ މެޗުގެ ނަތީޖާއަށްފަހުގައެވެ.

ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް އޭ ގައި މިއަދު ބައްދަލުކުރީ ވައިޓް ރައިޑާސް އަދި އޯ.ބީ.ޓީއެވެ. މިމެޗު ވައިޓް ރައިޑާސް އިން ކާމިޔާބުކޮށްފައިވަނީ 0-19 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވައިޓް ރައިޑާސް ޓީމުގެ ޖާޒީ ނަންބަރ 7 މުހައްމަދު ރިޝްވާންއެވެ. މި މެޗު ވައިޓް ރައިޑާސް އިން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކުއެވެ.

ގްރޫޕް ސްޓޭޖްގެ ފޯރި ގަދަވަމުން ދާއިރު މި މުބާރާތުގެ ދެ މެޗެއް މާދަމާ ހަވީރު ވެސް ކުރިއަށްދާނެއެވެ. އެގޮތުން މުބާރާތުގެ މާދަމާ ހަވީރު 16:15ގައި ބައްދަލުކުރާނީ އަލަސްކާ ސްޕޯޓްސް އަދި ބީ.އެލް.ބީއެވެ. މި މެޗަކީ ދެ ޓީމަށް ވެސް ސެމީގެ ޖާގަ ހޯދުމަށް ފުރުސަތު އޮތް މެޗެކެވެ. މި މެޗުގައި ބީ.އެލް.ބީ ޓީމުން 3 ލަނޑުގެ ތަފާތުން އަލަސްކާ ބަލިކޮށްފިނަމަ ބީ.އެލް.ބީ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަލަސްކާ ޓީމަށް މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން މި މެޗަކީ ގްރޫބް ބީ ގައި ކުޅޭނެ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. މާދަމާ ދެވަނަ މެޗުގައި 17:15 ގައި ބައްދަލުކުރާނީ ޑީ.އެމް.ޓީ އަދި އޯ.ބީ.ޓީއެވެ. މި މެޗުތައް ވެސް މީ އޭ މައިލޯ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.

© 2023 milauthuru. All rights reserved.