މިލައުތުރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ފޭސްބުކްގައި މީހަކު އިންޒާރު ދީފިއެވެ. މި އިންޒާރާ ގުޅިގެން ދިވެހި ފުލުހުން މިހާރު ތަޙްޤީޤެއް ފަށާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ ކަށަވަރުކޮށްދީފައެވެ.

ރައީސް ޑރ. މުޢިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނީ އދ. ގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖްގައި ލައިވް ކުރެވެމުންދިޔަ ވަގުތުގައި މީހަކު ކުރި ލައިވް ކޮމެންޓެއް ގައެވެ. އެމީހާގެ ކޮމެންޓުގައި ރައީސް “މަރާލާނެ” ކަމަށް ލިޔެފައި ވެއެވެ.

މިލައުތުރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނީ ޢަބްދު ﷲ މިޔާދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. އަދި އޭނާ އަކީ މާލޭގެ ރައްޔިތެއް ކަމަށް ވެއެވެ.

މިކަމާ ގުޅޭ ބައެއް ޕޯސްޓްތަކަށް އާންމުންގެ ބައެއް މީހުން ކޮށްފައި ހުރި ކޮމެންޓްތަކުން ހާމަވާގޮތުގައި ޢަބްދު ﷲ މިޔާދަކީ ރައީސްގެ ތާއީދާއެކު ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި އާމިނަތު މިޔާދާގެ ކޮއްކޮއެވެ.

One Reply to “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި.”

  1. ޖަލާލުއްދީން

    ތިޔަކީ މުއިއްޒު ސިންޕަތީ ހޯދަން ޖެއްސި ސްޓަންޓް އެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.