މިލައުތުރު

މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ މަންމަ ނިޔާވެއްޖެ.

ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ މަންމަ ބޭގަމް ނައުރީން ސާމީ ޚާން ނިޔާވެއްޖެއެވެ. ނައުރީން ނިޔާވުމަށް މެދުވެރިވި ސަބަބު އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ކުރިން އެއްވެސް ބައްޔަކަށް ފަރުވާއެއް ހޯދަމުން ގެންދިޔަކަމެއް ވެސް އެނގިފައެއް ނުވެއެވެ.

ބޭގަން ނައުރީން ޚާން ނިޔާވިއިރު އުމުރުފުޅަކީ 77 އަހަރެވެ. މަންމަ ކިޔާވުމުގެ ހިތާމައިގާ އަދުނާން ސާމީ ނެރުއްވި ކުރު ބަޔާނުގައި ބުނެފައި ވަނީ މިއީ އޭނާއަށް ދިމާވި އެންމެ ހިތާމަވެރި ދަނޑިވަޅުކަމަށާއި، މަންމަ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ވާނެކަމަށާއި، ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރާ ކަމަށެވެ. އަދި ހެޔޮ އެދޭ އެންމެހާ ފަރާތްތަކެއްގެ ވެސް ދުޢާގައި މަންމަގެ ނަން ޝާމިލުކޮށްދެއްވުން އެދޭކަމަށެވެ.

ރީތި ތަފާތު ލަވަތަކެއް ވުޖޫދުކުރުވާފައިވާ އަދުނާން ސާމީ އަކީ ދިވެހިރާއްޖޭގައި ވެސް ވަރަށް މަޤުބޫލު ލަވަކިޔުންތެރިއެކެވެ. އޭނާގެ ލޯބީގެ ލަވަތަކަކީ އެހެން ދެވަނަ ފަރާތަކަށް އެގޮތަށް ކިޔާލެވޭވަރަށް ވުރެވެސް ތަފާތު ލަވަތަކެކެވެ. އޭނާގެ “ތެރާ ޗެހެރާ ޖަބް ނަޒަރު އާއޭ” ފަދަ ލަވަތަކަކީ އެފަދަ ދެވަނައެއް ނުވާ ރީތި ލަވަތަކެކެވެ.

© 2023 milauthuru. All rights reserved.