އައިޝަތު ވަޙީދާ

ފޯކައިދޫ ޑަބުލިޔޫޑީސީ 2 ވަނަ މަދަހަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ފާތިމަތު ރިނާ އަޙްމަދަށް

ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކުރާ މަދަހަ މުބާރާތުގެ ދެވަނަ ސީރީޒް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި މުބާރާތުގެ ފަޚުރުވެރި އެއްވަނައަށް ހޮވިފައި ވަނީ ފާޠިމަތު ރިނާ އަޙްމަދުއެވެ.

ވަރަށް ހިތްގައިމު މަދަހަތަކެއް ހުޅަހަޅުއްވައިދެއްވި ރިނާ އަކީ މީގެ ކުރިން ވެސް އެކި އެކި މަދަހަ މުބާރާތްތަކުގައި ރަން ވަނަތައް ހޯދާފައިވާ ހުނަރުވެރި ކުއްޖެކެވެ. ފޯކައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ މުބާރާތުގައި ވާދަކޮށް މުޅި މުބާރާތުން އެއްވަނަ ހޯދުމަކީ އަނެއްކާ ވެސް އޭނާގެ ކާމިޔާބީތަކުގެ ހާރަށް އަމުނާލެވުނު އިތުރު ބޮޅަކަށް ވެގެންދާނެއެވެ. ރީތި އަޑަކާއި، ރާގާ ޤުުދުރަތީ މަޙުރަޖައަކުން ޒީނަތްތެރިވެފައިވާ ރިނާ އަކީ މި މުބާރާތުގައި ވާދަކުރި ބައިވެރިންގެ ތެރެއިން ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އިތުރުން ޢަބްދު ﷲ ފަރީދު އަޙްމަދު އާއި ދަޙްލާން މުޙައްމަދު ރިޟާއެވެ. އެހެންކަމުން މި މުބާރާތް ވެގެންދިޔައީ ފޯކައިދޫގައި ބޭއްވުނު ވަރަށް ފޯރިގަދަ އަދި ބޮޑު ތަރުޙީބެއް ލިބުނު މުބާރާތަކަށެވެ.

މުބާރާތުގެ 2 ވަނައަށް ހޮވިފައި ވަނީ އައިޝަތު ޖަނާން ސަމީޒުއެވެ. އަދި ތިންވަނައަށް ހޮވިފައި ވަނީ ލައްޒަތު ޝަރީފްއެވެ. އެހެންކަމުން މިހުރިހާ ތަރިންނަށް ވެސް މިލައުތުރުގެ ފަރާތުން ތަހުނިޔާ ދަންނަވަމެވެ.

© 2023 milauthuru. All rights reserved.