މިލައުތުރު

ރައީސަށް މަރުގެ އިންޒާރުދިން މިޔާދު ހައްޔަރުކޮށްފިން – ފުލުހުން

ފޭސްބުކް ލައިވް ކޮމެންޓެއްގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުދިން ޢަބްދު ﷲ މިޔާދު (40 އަހަރު) ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް މުޢިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި، އެނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުތައް ދެމުން ގެންދާ މައްސަލައެއް ތަޙްޤީޤުކުރަމުން ގެންދާކަމަށެވެ.

މިޔާދު ހައްޔަރުކުރި އިތުރު ސަބަބުތައްކަމަށް ފުލުހުން ބުނެފައި ވަނީ ހަޑި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން ގެންދިއުމާއި، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުން ގެންދިއުން ވެސް ހިމެނޭ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖޭން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައުމާއެކު އެއާޕޯޓުން ކަމަށެވެ.

© 2023 milauthuru. All rights reserved.